Bidheyseenge regularisation program galolhu dhandah badhalu kuranee
image
ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފު އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ގަލޮޅު ދަނޑު ބައްލަވާލައްވަނީ-- ފޮޓޯ: މަހްލޫފު/ ޓްވިޓާ
1 ކޮމެންޓް
 

ބިދޭސީންގެ ރެގިއުލަރައިޒޭޝަން ޕްރޮގްރާމް ގަލޮޅު ދަނޑަށް ބަދަލު ކުރަނީ

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ހިންގާ ރެގިއުލަރައިޒޭޝަން ޕްރޮގްރާމުގައި ކިއު ހަދައިގެން ކޮޅަށް ތިބެން ޖެހޭ މައްސަލަ ހައްލު ކުރުމަށް، އެ މަސައްކަތް ގަލޮޅު ދަނޑަށް ބަދަލުކުރަން ނިންމައިފި އެވެ.
ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފު މިއަދު ވިދާޅުވީ "ވީ އެންމެ އަވަހަކަށް މަސައްކަތް ބަދަލުކުރަން" ނިންމާފައިވާ ކަމަށެވެ. އެގޮތަށް ނިންމީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއެކި ގަލޮޅު ދަނޑު ބައްލަވާލެއްވުމަށް ފަހު އެވެ.

"ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަލުން ރެޖިސްޓާ ކުރުމަށް އިކޮނޮމިކް މިނިސްޓްރީ އިން ހިންގާ ޕްރޮގްރާމުގައި ބިދޭސީން ކިއު ހަދައިގެން ކޮޅަށް ތިބެން ޖެހޭ މައްސަލައަށް ނިމުމެއް ގެނައުމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އާއެކު ގަލޮޅު ދަނޑު މިއަދު ބަލާ، ވީ އެންމެ އަވަހަކަށް މަސައްކަތް ބަދަލު ކުރަން ވަނީ ނިންމާފައި،" މަހުލޫފު ވިދާޅުވި އެވެ.

ރެގިއުލަރައިޒޭޝަން ޕްރޮގްރާމް މިދިޔަ މަހު ފެށުމަށް ފަހު 60 ދުވަހަށް ކުރިއަށް ގެންދަން ނިންމި ނަމަވެސް، ގިނަ އަދަދެއްގެ ބިދޭސީން އަންނަނީ ކޮންމެ ދުވަހަކު ވެސް އިކޮނޮމިކް މިނިސްޓްރީގެ އެ މަސައްކަތް ކުރާ އޮފީސް ދޮށުގައި ކިއު ހަދަމުންނެވެ.

ކިއު ދިގު ކަމުން މަގުމަތީގައި ވެސް ބިދޭސީން ސަފު ހަދައިގެން ތިބެން ޖެހޭއިރު، ވާރެ އާއި އަވީގައި އެމީހުން އެގޮތަށް ތިބެން ޖެހޭ މައްސަލާގައި އާއްމުންގެ ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ރެގިއުލަރައިޒޭޝަން ޕްރޮގްރާމެއް ހިންގަނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ އެތައް ސަތޭކަ ބިދޭސީންނަށް ގަވާއިދުގެ ތެރެއަށް ވަނުމަށް އިތުރު ފުރުސަތެއް ދިނުމުގެ ގޮތުންނެވެ. އެ ފުރުސަތުގައި ޕްރޮގްރާމުގައި ބައިވެރި ނުވާ ބިދޭސީންނާއި މެދު ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ރާއްޖޭގައި 120،000 އަށް ވުރެ ގިނަ ބިދޭސީ މަސައްކަތްތެރިން އުޅޭ އިރު، 60،000 އަށް ވުރެ ގިނަ މީހުންނަކީ އެއްވެސް ސައްހަ ލިޔުމެއް ނެތި ގަވާއިދާ ހިލާފަށް އުޅޭ މީހުންނެވެ.
ހިޔާލު

ޢިބްތީ

ބަންގާޅުންތައް ބޭރުކިރަންވީކީނޫންބާ. މީހުންގެ ޅަދަރިންނާބެހި ވައްކަންކޮށް މަެްތުވާތަކެތި ވިއްކާ ވިޔަފާރިކޮށް މީހުންގެ އަނބިންގާތަށް ދިއު މާ، ހަށިވިއްކު މުގެ ވިޔަފާރީގަ އިސްކޮށް އުޅެނީ މިހާރު ބަންގާޅިން. ޕްރޮ މޯޝަން ދީ