Umurun dhuvasvee meehunnai eku BML in haassa bahdhluvumeh
image
އުމުރުން ދުވަސްވީ މީހުންނަށް ބީއެމްއެލް އިން ބޭއްވި ޕްރޮގްރާމުގެ ތެރެއިން-- ފޮޓޯ: ބީއެމްއެލް
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

އުމުރުން ދުވަސްވީ މީހުންނާއެކު ބީއެމްއެލް އިން ހާއްސަ ބައްދަލުވުމެއް

ބައިނަލްއަގުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އޭޖްޑް ކެއާ މޯލްޑިވްސް އާއި ގުޅިގެން މާލީ ދާއިރާއަށް ހޭލުންތެރިކުރުވުމުގެ ބޭނުމުގައި އުމުރުން ދުވަސް މީހުންނަށް ހާއްސަ ބައްދަލުވުމެއް ބާއްވައިފިއެވެ.
އެ ބައްދަލުވުމުގައި ބޭންކިން އާއި ރައްކާތެރި ގޮތުގައި އޮންލައިން ބޭންކިން ބޭނުންކުރުމާ ގުޅޭ މައުލޫމާތު ދީފައިވެއެވެ.

އެގޮތުން ހާއްސަކޮށް އެކި ކުންފުނިތަކާއި މުއައްސަސާތަކުގެ ނަމުގައި ގުޅައި، އޮޅުވާލައިގެން ފައިސާ ހޯދުމަށާއި ކާޑުގެ މައުލޫމާތު ހޯދަންކުރާ މަސައްކަތްތަކަށް ސަމާލުވެ ރައްކާތެރިވުމުގެ ގޮތުން ކުރަންޖެހޭ ކަންތައްތަކާއި އޮންލައިންކޮށް ހިދުމަތްތައް ހޯދުމުގައި ސަމާލުވާން ޖެހޭ ބައެއް މުހިންމު ކަންތައްތަކާއި ގުޅޭ މައުލޫމާތުވެ ވަނީ ބައިވެރިންނާ ހިއްސާކޮށްފައެވެ.

އޭގެ އިތުރުން އިންޓަނެޓް މޮބައިލް އަދި ސެލްފް ސާވިސް ބޭންކިން ޓެކްނޮލޮޖީއަށް ކުރެވުނު އިންވެސްޓާއެކު ކަސްޓަމަރުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރެވި، ހިދުމަތް ހޯދުމަށް އެކި ވަސީލަތްތައް ހޯދައިދެވި އަދި ކަސްޓަމަރުންނަށް ލުއިފަސޭހަކަމާއެކު ހިދުމަތް ހޯދޭނެ ގޮތްތަކާއި ބެހޭ ގޮތުންވެސް ބީއެމްއެލް އިން މައުލޫމާތު ދީފައިވެއެވެ.


ބީއެމްއެލް
ހިޔާލު