Raees Yaameen Kaafu atholhu ge baeh rah thakah vadaigahnnavanee
image
ރައީސް ޔާމީން އެމަނިކުފާނުގެ ބައެއް ސަޕޯޓަރުންނާއި ސަލާމް ކުރައްވަނީ --
0 ކޮމެންޓް
 

ރައީސް ޔާމީން ކ. އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގަންނަވަނީ

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ތުލުސްދޫ ދާއިރާގައި ހިމެނޭ ރަށްރަށަށް އަންނަ ބުރާސްފަތި ދުވަހު ފުރާވަޑައިގަންނަވާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.
ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮންގްރެސް ޕާޓީގެ ނާއިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވީ ބުރާސްފަތި ދުވަހު ރައީސް ޔާމީން ދިއްފުއްޓާއި ތުލުސްދޫއަށް ވަޑައިގަންނަވާނެ ކަމަށެވެ. އަދި އެ ދުވަހުގެ ރޭ ތުލުސްދޫގައި ޖަލްސާއެއް ވެސް ބާއްވާނެ ކަމަށެވެ. އަދި ވިދާޅުވީ ހުކުރު ދުވަހު ރައީސް ޔާމީން ހުރާއަށާއި ހިންމަފުއްޓަށް ވެސް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

ސަރުކާރަށް ފާޑުވިދާޅުވަމުން ޝުޖާއު ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރާއްޖޭގެ ރަށްތަކަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމަށް އެއްވެސް މަސައްކަތެއް ކުރަމުންދާތަން ނުފެންނަ ކަމަށެވެ. އަދި ވިދާޅުވީ ރައީސް ޔާމީން ރާއްޖޭގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުތަކުގެ ސަބަބުން މިއަދުގެ ސަރުކާރަށް ޕްރެޝަރުތައް ކުރިމަތިވާ ކަމަށެވެ.

ރައީސް ޔާމީން އަންނަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ކެމްޕެއިން ކުރުމުގެ ގޮތުން ރަށްތަކަށް ދަތުރު ކުރައްވަމުންނެވެ. އެގޮތުން މިދިޔަ މަސް ތެރޭގައިވެސް އެމަނިކުފާނު ވަނީ ތިން އަތޮޅަކަށް ވަޑައިގެންފައެވެ.

ލޯކަލް ކައުންސިލް އިންތިހާބަށް ޕާޓީން ތައްޔާރުވުމުގެ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ރައީސް ޔާމީނާއި އިދިކޮޅު ދެ ޕާޓީގެ އިސް ބޭފުޅުން ވަނީ މިދިޔަ މަހު ތިން އަތޮޅަކަށް ވަޑައިގެންފަ އެވެ.
ހިޔާލު