India ge askariyya in MNDF ah vehicle thakeh hadhiyakoffi
image
އިންޑިއާގެ އަސްކަރިއްޔާއިން އެމްއެންޑީއެފަށް ހަދިޔާކުރި ވެހިކަލް---ފޮޓޯ:އެމްއެންޑީއެފް
ފައުޒާ މުހައްމަދު
1 ކޮމެންޓް
 

އިންޑިއާގެ އަސްކަރިއްޔާއިން އެމްއެންޑީއެފަށް ވެހިކަލްތަކެއް ހަދިޔާކޮށްފި

އިންޑިއާ އަސްކަރިއްޔާގެ ފަރާތުން އެމްއެންޑީއެފަށް ވެހިކަލްތަކެއް މިއަދު ހަދިޔާކޮށްފިއެވެ.
މިއަދު ހެނދުނު ބަންޑާރަކޮށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އިންޑިއާ އަސްކަރިއްޔާގެ ފަރާތުން ހަދިޔާކުރެއްވި ވެހިކަލްތަކާ އެމްއެންޑީއެފްގެ ފަރާތުން ހަވާލުވެލެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލެވެ.

މިއަދު އިންޑިއާއިން އެމްއެންޑީއެފަށް ހަދިޔާކުރައްވާފައިވަނީ ތިން ކާރާއި އެއް ޕިކަޕު އަދި ސްޕެއަތަކެކެވެ.

އިންޑިއާގެ ފަރާތުން އެ ވެހިކަލްތައް އެމްއެންޑީއެފްއާ ހަވާލުކޮށްދެއްވީ ޗީފްސް އޮފް ސްޓާފް ކޮމިޓީ (ސީ.އޯ.އެސް.ސީ)ގެ ޗެއަރމަން އަދި އިންޑިއާގެ ޗީފް އޮފް އާމީ ސްޓާފް، ޖެނެރަލް ބިޕިން ރާވަތުއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި، އިންޑިއާގެ ފަރާތުން ދެއްވާ އެހީތަކަށް އަލިއަޅުއްވާލައްވައި، ދިވެހި ސިފައިންގެ ގާބިލްކަން އިތުރުކުރުމަށާއި، އެމްއެންޑީއެފްގެ އިންސާނީ ވަސީލަތް ތަރައްގީކުރުމަށް އިންޑިއާގެ އަސްކަރިއްޔާއިން ދެއްވާ އިސްކަމާއި، އެހީތެރިކަން ފާހަގަކުރައްވައި އެމްއެންޑީއެފް ސާވިސް ކޯގެ ކޮމަޑާންޓް ބްރިގޭޑިއާ ޖެނެރަލް ހާމިދު ޝަފީގު ޝުކުރު އަދާކުރެއްވިއެވެ.

ރަސްމިއްޔާތުގައި، އިންޑިއާގެ ސަފީރު ސަންޖޭ ސުދީރާއި އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި، ދެ ގައުމުގެ ޑިފެންސް އެޓާޗޭއިން ބައިވެރިވެވަޑައިގެންނެވިއެވެ.
ހިޔާލު

ސްޕެއާ

ސްޕެއާ އަކީ ކޮންކަހަލަ ވެހިކަލެއްބާ؟ ސްޕެއާ ޕާޓްސް ލިޔަން ނޭނގުނީތަ؟