India-Raajje ge salaamathee kankama gulhey gothun panel discussion eh baahvaifi
image
މިއަދު ބޭއްވި ޕެނަލް ޑިސްކަޝަންގެ ތެރެއިން---ފޮޓޯ:އެމްއެންޑީއެފް
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

މޯލްޑިވްސް އެންޑް އިންޑިއަން ސެކިޔުރިޓީ ޕަސްޕެކްޓިވްސްގެ ނަމުގައި ޕެނަލް ޑިސްކަޝަންއެއް ބާއްވައިފި

ޗީފްސް އޮފް ސްޓާފް ކޮމިޓީ (ސީ.އޯ.އެސް.ސީ)ގެ ޗެއާމަން އަދި އިންޑިއާގެ ޗީފް އޮފް އާމީ ސްޓާފް، ޖެނެރަލް ބިޕިން ރާވަތުގެ ދަތުރުފުޅާ ގުޅިގެން، "މޯލްޑިވްސް އެންޑް އިންޑިއަން ސެކިޔުރިޓީ ޕަރސްޕެކްޓިވްސް" ގެ ނަމުގައި ޕެނަލް ޑިސްކަޝަނެއް މިއަދު ބާއްވައިފިއެވެ.
މިއަދު ހެނދުނު ބަންޑާރަކޮށީގައި ބޭއްވި އެ ޕެނަލް ޑިސްކަޝަންގައި، މަޝްވަރާކުރައްވާފައިވަނީ، އަދުގެ ބަދަލުވަމުންދާ އިސްތިރާޖީ ސަލާމަތީ މަޝްރަހުގައި ގައުމީ ސަލާމަތަށް ހުރި ނުރައްކާތަކާއި، އެފަދަ ކަންކަން ހައްލުކުރުމަށް ސަރަހައްދީ ގޮތުން އަދި ބައިނަލްއަގުވާމީ ގޮތުން އެޅެންހުރި ފިޔަވަޅުތަކާއި، އެކުވެރި ގައުމުތަކާއެކު ގުޅުން ބަދަހިކުރުމުގެ މުހިންމު ކަމާއި، އަސްކަރީ ގާބިލްކަން އިތުރުކުރުމާ ބެހޭގޮތުންނެވެ.

އެ ޕެނަލް ޑިސްކަޝަންގައި، ޗީފްސް އޮފް ސްޓާފް ކޮމިޓީ (ސީ.އޯ.އެސް.ސީ)ގެ ޗެއާމަން އަދި އިންޑިއާގެ ޗީފް އޮފް އާމީ ސްޓާފް، ޖެނެރަލް ބިޕިން ރާވަތުއާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލާއި، އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސުނިލް ސުދީރުގެ އިތުރުން، ދެ ގައުމުގެ ޑިފެންސް އެޑްވައިޒަރުންނާއި ސިފައިންގެ ސީނިއާ އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ހިޔާލު