Maldive gas ge aharee dhuvahaai gulhigen haassa promotioneh
image
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

މޯލްޑިވް ގޭހުގެ އަހަރީ ދުވަހާއި ގުޅިގެން ހާއްސަ ޕްރޮމޯޝަނެއް

މޯލްޑިވް ގޭހުގެ 20 ވަނަ އަހަރީ ދުވަހާއި ގުޅިގެން ހާއްސަ ޕްރޮމޯޝަނެއް ގެންދިޔުމަށް ނިންމައިފިއެވެ.
މޯލްޑިވް ގޭހުގެ އަަހަރީ ދުވަހަކީ ތިނެއް އޮކްޓޫބަރު ވާ ބުރާސްފަތި ދުވަހެވެ.

އަހަރީ ދުވަހުގެ މުނާސަބަތުގައި އެ ކުންފުނީގެ މާލެ، ވިލިމާލެ އަދި ހުޅުމާލެ މިއިން ކޮންމެ އައުޓްލެޓް އަކުންވެސް ކުރައްވާ ވިޔަފާރީގެ ތެރެއިން ކަސްޓަމަރުންނަށް ހާއްސަ ހަދިޔާއެއްގެ ގޮތުން ކޮންމެ 20 ވަނަ ކަސްޓަމަރަކަށް ބައްލަވައި ގަންނަވާ އެއްޗެއް މުޅިން ހިލޭ ލިބިގެންދާނެއެވެ.

އެ ޕްރޮމޯޝަން ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވަނީ މި މަހުގެ ތިން ވަނަ ދުވަހު ހެނދުނު އަށަކުން ރޭގަނޑު 10 އަކަށެވެ.

1999 ވަަނަ އަހަރު އުފެދުނު މޯލްޑިވް ގޭހަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ލިކުއިޑް ޕެޓްރޯލިއަމް ގޭސް (އެލްޕީޖީ) އާއި ގޭތެރޭގެ ބައެއް ސާމާނުތައް ފޯރުކޮށްދޭ އެއް ކުންފުންޏެވެ.
ހިޔާލު