Burakasheega rihun: firihenunnah vure bodah dhimaavanee anhenunnah
image
ބުރަކަށީގައި ރިހުމުގެ މައްސަލަ ބޮޑަށް ދިމާވަނީ އަންހެނުންނަށް--
0 ކޮމެންޓް
 

ބުރަކަށީގައި ރިހުން: ފިރިހެނުންނަށް ވުރެ ބޮޑަށް ދިމާވަނީ އަންހެނުންނަށް

ގައިގައި ރިހުމުގެ މައްސަލަ އަންހެނުންނާއި ފިރިހެނުންނަށް ދިމާވަނީ އެކި ގޮތަށް އެކި މިންވަރަށެވެ. ޕެލިވްކް ކަށިތައް އުފެދިފައި ހުންނަ ގޮތް ތަފާތުވުމާއި، ހޯމޯނަށް އަންނަ ބަދަލުތަކާއި، މާބަނޑުވުމުގެ ސަބަބުން ހަށިގަނޑަށް އަސަރު ކުރާ ގޮތުގެ ސަބަބުން ހަށިގަނޑުގައި ރިހުމުގެ މައްސަލަ އަންހެނުންނަށް ދިމާވާ މިންވަރު ބޮޑެވެ.
ކޮކިޑީނިއާ (ޓެއިލްބޯން ތަދު): މި މައްސަލަ ދިމާވުމުން އިށީނދެ އިނުމަށް އުނދަގޫ ވާނެ އެވެ. މި މައްސަލަ އަންހެނުންނަށް ދިމާވުމުގެ ފުރުސަތު ފަސް ގުނަ ބޮޑެވެ. މިކަން އާއްމު ގޮތެއްގައި ދިމާވަނީ ވިހެއުމުގެ ތެރޭގައި ނުވަތަ ފަހަތަށް ވެއްޓި ބުރަކަށި ޖެހުމުންނެވެ.

އިސްޓިއޮޕޮރޯސިސް (ކޮމްޕްރެޝަން ފްރެކްޗާ): ކަށިތަކަށް ޖެހޭ ބައްޔެއް ކަމަށްވާ އޮސްޓިއޮޕޮރޯސިސްގެ ސަބަބުން ކަށިތައް ތުނިވުމުގެ ސަބަބުން އަންނަ ތަދަކީ ކޮމްޕްރެޝަން ފްރެކްޗާ އެވެ. މިކަން ދިމާވުމުން ކުއްލިއަކަށް ބުރަކަށީގެ ތިރިއަށް ތަދު އައުން އެކަށީގެންވެ އެވެ. އަންހެނުންނަށް މިކަން ދިމާވުމުގެ ފުރުސަތު ދެގުނަ ބޮޑެވެ.

ޑީޖެނެރޭޓިވް ސްޕޮންޑިލޮލިސްތެސިސް: ބުރަކަށީގެ ތިރީގައިވާ މައިކަށީގެ ކަށިކޮޅެއް (ޑިސްކް) އޭގެ ދަށުގައިވާ ކަށިކޮޅުގެ މައްޗަށް އަރައިފި ނަމަ މި މައްސަލަ ދިމާވާނެ އެވެ. މި މައްސަލަ ދިމާވުމުން ބުރަކަށީގެ އިތުރުން ފައިގައި ވެސް ރިއްސާނެ އެވެ. އެހެންކަމުން އިށީނުމާއި، ހިނގާ ބިނގާވެ އުޅުން ތަދުވާ ވަގުތުތަކުގައި ފަސޭހައެއް ނުވާނެ އެވެ. މިކަން ވެސް ފިރިހެނުންނަށް ވުރެ ގިނައިން އަންހެނުންނަށް ކުރިމަތިވެ އެވެ.

ފައިބްރޯމަޔެލްގިއާ: މަސްތަކުގައި ރިއްސުމާއި، ހެލިފެލިވެ އުޅުމަށް އުނދަގޫވުމާއި، ވަރުބަލިވުމަކީ މިކަމުގެ އަލާމާތްތަކެވެ. މީގެ އަސަރު ކުރަނީ ކަށިތަކާއި މަސްތަކާއި ހުޅުތަކަށެވެ. މިކަން ދިމާވުމުން މުޅި ބުރަކައްޓާއި، ކަރާއި، ފޫކޮޅުގައި ރިއްސާނެ އެވެ. މިކަން ދިމާވާ މީހުންގެ 80-90 އިންސައްތަ އަކީ އަންހެނުންނެވެ.
ސިއްހަތު
ހިޔާލު