Meghan ge sitee eh aammu kurumun Daily Mail ge massala court ah
image
މޭގަން މާކަލް އާއި ޕްރިންސް ހެރީ ދަރިފުޅާއެކު--
0 ކޮމެންޓް
 

މޭގަންގެ ސިޓީއެއް އާއްމު ކުރުމުން ޑެއިލީ މެއިލްގެ މައްސަލަ ކޯޓަށް

އިނގިރޭސިވިލާތުގެ ޑަޗަސް އޮފް ސަސެކްސް، މޭގާން މާކަލްގެ ސިޓީއެއް ޝާއިއު ކުރި މައްސަލާގައި "މެއިލް" ނޫހާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.
ޑިއުކް އޮފް ސަސެކްސް، ޕްރިންސް ހެރީގެ ބަޔާނެއްގައި ވިދާޅުވީ އަނބިކަނބަލުން މޭގަންއާ ގުޅިގެން ކޯޓަށް މައްސަލަ ހުށަހަޅަން ޖެހުނީ ޕްރޮޕެގެންޑާ ފެތުރުން ހުއްޓުވުމަށް ކަމަށެވެ.

"އަޅުގަނޑުގެ މަންމަ [ޕްރިންސެސް ޑަޔާނާ] ގެއްލުނީ. މިހާރު އަޅުގަނޑަށް މި ޖެހެނީ އަޅުގަނޑުގެ އަންހެނުން، މި ބާރުގަދަ ނުފޫޒުތަކުގެ ޝިކާރައަކަށް ވެގެންދާ މަންޒަރު،" އެ ބަޔާނުގައި ވެއެވެ.

"މެއިލް" ނޫހުން ބުނީ މޭގަންގެ ސިޓީއާ ގުޅިގެން ޝާއިއު ކުރި ހަބަރު ނުނަގާނެ ކަމަށެވެ. މޭގަން ހުށަހެޅި މައްސަލާގައި ދައުވާކޮށްފައި ވަނީ ޒާތީ މައުލޫމާތު ބޭނުންކޮށްފައިވުމާއި، ކޮޕީރައިޓް ގާނޫނާއި ހިލާފުވެފައިވުމާއި، ޑޭޓާ ރައްކާތެރިކުރުމާ ބެހޭ ގާނޫނުގެ ދަށުންނެވެ.

އެ ސިޓީއަކީ މޭގަން އޭނާގެ ބައްޕައަށް ފޮނުވި ސިޓީއެކެވެ. އޭގައި ވަނީ ބައްޕައާއެކު އޮތް ގުޅުން ހީނަރުވެފައިވާ ވާހަކަތަކެވެ.

މީޑިއާއާ ދެކޮޅަށް އިނގިރޭސި ޝާހީ އާއިލާއިން މީގެ ކުރިން ވެސް ގާނޫނީ ފިޔަވަޅި އަޅާފައި ވެއެވެ. އެގޮތުން ޑިއުކް އެންޑް ޑަޗަސް އޮފް ކެމްބްރިޖް، ޕްރިންސް ވިލިއަމްސް އާއި އަނބިކަނބަލުން ކޭޓް މިޑްލްޓަން ފްރާންސްގެ މެގެޒިން "ކްލޯޒާ" އާ ދެކޮޅަށް ހުށަހެޅި މައްސަލާގައި އެ މެގެޒިންއަށް 92،000 ޕައުންޑުގެ ޖޫރިމަނާއެއް ދައްކަން ޖެހުނެވެ.
ހިޔާލު