Justin Bieber dhevana faharah kaiveni koffi
image
ޖަސްޓިން ބީބާ އާއި ހެއިލީ ބޯލްޑްވިން ކައިވެނި ހަފްލާގައި--
1 ކޮމެންޓް
 

ޖަސްޓިން ބީބާ ދެވަނަ ފަހަރަށް ކައިވެނިކޮށްފި

ޖަސްޓިން ބީބާ އާއި އޭނާގެ އަންހެނުން ހެއިލީ ބޯލްޑިވްން ދެވަނަ ފަހަރަށް ކައިވެނިކޮށްފި އެވެ.
ދެކުނު ކެރޮލައިނާގެ ރިސޯޓެއްގައި މިދިޔަ ހޯމަ ދުވަހު އޮތް ހަފްލާއެއްގައި ދެ ދެމަފިރިން ވަނީ ދެވަނަ ފަހަރަށް ކައިވެނިކޮށްފަ އެވެ.

ދެވަނަ ފަހަރަށް ކައިވެނި ހަފްލާ ބޭއްވިއިރު، އާއިލާގެ މެމްބަރުންނާއި ރައްޓެހި ހާޒިރުވި ކަމަށް ވެއެވެ. އުމުރުން 25 އަހަރުގެ ޖަސްޓިން ބީބާ އާއި 22 އަހަރުގެ ހެއިލީ ބޯލްޑްވިން ސިއްރުން އެންމެ ފުރަތަމަ ކައިވެނި ކުރީ މިދިޔަ ހޫނު މޫސުމުގައި ނިއު ޔޯކުގެ ކޯޓެއްގަ އެވެ.

ޖަސްޓިން ބީބާ އެކަން އިއުލާން ކުރީ އޭގެ އެތައް މަހެއް ފަހުން މިދިޔަ ނޮވެމްބަރު މަހުގަ އެވެ. ޖަސްޓިން ވަނީ ދެވަނަ ކައިވެނީގެ ފޮޓޯތައް ވެސް އާއްމުކޮށްފަ އެވެ.

ހެއިލީ އާއި ޖަސްޓިން އެންމެ ފުރަތަމަ ދިމާވީ ފުރާވަރު އުމުރުގަ އެވެ. އެ ދެމީހުންގެ ގުޅުން ސިއްރުކޮށް ބޭއްވުމަށް ފަހު ދެން އިވުނީ ކައިވެނި ކުރި ހަބަރެވެ.
ހިޔާލު

މަާކަނަ

އަދިވެސްވަރިކުރަާނެ ދެންވެސްވަރިނުކުރަާނެ މިީކަާކަާވެނިކުރިނަމަ ކިހަާރަގަލުވިީސް