Anhen kudhinthakeh maaraamaaree hingi mahsala balanee
image
އާންމުވި ވީޑިއޯގެ ސްކްރީންޝޮޓެއް--
0 ކޮމެންޓް
 

އަންހެން ކުދިންތަކެއް މާރާމާރީ ހިންގި މައްސަލަ ބަލަނީ

ފުރާވަރު އުމުރުގެ ކުދިންތަކެއް ރޭ ރަސްފަންނު ސަރަހައްދުގައި މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ރޭ ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯއިން ފެންނަނީ ދެ އަންހެން ކުއްޖަކު ވެގެން އިތުރު އަންހެން ކުއްޖެއްގެ ގައިގާ ތަޅާ އަނިޔާކޮށް ބިންމައްޗަށް ވައްޓާލާ މަންޒަރެވެ.

އަންހެން ކުއްޖާ ވައްޓާލުމާއެކު އެމީހުން ހުއްޓުވަން ޒުވާން ފިރިހެން ކުދިންތަކެއް ވެސް އެތަނަށްދާ މަންޒަރު ފެނެއެވެ. އެކަމަކު ދުރުކުރުވަން ފެށުމުން ވެސް އެ ދެ އަންހެން ކުދިން ވަނީ ކޮޅުފައިން ތަޅައި އަންހެން ކުއްޖާގެ އިސްތަށިގަނޑުގައި ވެސް ހިފާފަ އެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ ކުދިންތަކެއް މާރާމާރީ ހިންގި މައްސަލަ ރޭ ދަންވަރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ މިހާރު ބަލަމުން އަންނަ ކަަމަށާއި އެކަމަކު މިހާތަނަށް މީހަކު ހައްޔަރު ނުކުރާ ކަމަށެވެ.
މާރާމާރީ ފުލުހުން
ހިޔާލު