Transport authority ge liekiyunthah bahataane gudhaneh hoadhanee
image
އެއްލަކިން ޕްރޮގުރާމުގައި މީހުން ފޯމު ލަނީ-- ފޮޓޯ: ޕީއެސްއެމް
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ޓްރާންސްޕޯޓު އޮތޯރިޓީގެ ލިޔެކިޔުންތައް ބަހައްޓާނެ ގުދަނެއް ހޯދަނީ

ޓްރާންސްޕޯޓު އޮތޯރިޓީގެ ލިޔެ ކިޔުންތައް ބަހައްޓާނެ ގުދަނެއް ހޯދަން އިއުލާނުކޮށްފި އެވެ.
އެ އޮތޯރިޓީން ކުރި އިއުލާނެއްގައި ބުނީ މިދިޔަ މަހުގެ ދެވަނަ ދުވަހު ކުރެވުނު އިއުލާނާ ގުޅިގެން ބިޑް ހުށަހަޅާފައިވާ ފަރާތުގެ ތެރެއިން އެއޮތޯރިޓީ އިން ކަނޑައަޅާފައިވާ ކްރައިޓީރިއާއަށް ބިޑް ހުށަހަޅުއްވާފައި ވަނީ އެންމެ ފަރާތަކުން ކަމަށް ވާތީ، އެ އިއުލާން ބާތިލުކޮށް އަލުން އިއުލާނުކޮށްފައިވާ ކަމަށެވެ.

އެގޮތުން އެ އޮތޯރިޓީގެ ލިޔެ ކިޔުންތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމަށްޓަކައި 500 އަކަފޫޓާއި 1000 އަކަފޫޓާ ދެމެދުގެ ގުދަނެއް ނުވަތަ ގުދަނަކަށް ބޭނުން ކުރެވޭ ފަދަ ތަނެއް ކުއްޔަށް ހިފަން ބޭނުންވާ ކަމަށް އެ އިއުލާނުގައި ވަނީ ބުނެފަ އެވެ.

އެފަދަ ތަނެއް ކުއްޔަށް ދޫކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް މާދަމާ އިން ފެށިގެން މައުލޫމާތު ޝީޓް އެ އޮތޯރިޓީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފަ އެވެ.

އަންދާސީ ހިސާބު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ 13 އޮކްޓޯބަރ 2019 ވާ އާދީއްތަ ދުވަހުގެ ހެދުނު 11:00 ގައި އެ އޮތޯރިޓީގައެވެ. އެގޮތުން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިގަތުމަށް އެ އޮތޯރިޓީން ވަނީ އެދިފަ އެވެ.

އޭގެ އިތުރުން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ނާންނަ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ކަމަށް ވެސް އެ އޮތޯރިޓީން ވަނީ ބުނެފަ އެވެ.
ހިޔާލު