Netherlands ge bodu vazeeru ofeehah dhanee bicycle ga!
image
ނެދަލެންޑްސްގެ ބޮޑުވަޒީރު މާކް ރުޓް--
0 ކޮމެންޓް
 

ނެދަލޭންޑްސްގެ ބޮޑުވަޒީރު އޮފީހަށް ދަނީ ބައިސްކަލުގައި!

ގައުމުތަކުގެ ވެރިން އާއްމުކޮށް ދަތުރުކޮށް އުޅެނީ ކާރުގަ އެވެ. ނެދަލެންޑްސްގެ ބޮޑުވަޒީރު މާކް ރުޓްއަކީ އެގޮތުން ތަފާތު ލީޑަރެކެވެ. މާކް ކޮންމެ ދުވަހަކު ވެސް އޮފީހަށް ދަނީ ބައިސްކަލުގަ އެވެ.
ވޯލްޑް އިކޮނޮމިކް ފޯރަމަށް ދެއްވި އިންޓަވިއުއެއްގައި މާކް ވިދާޅުވީ ބައިސްކަލް ގެންގުޅޭތާ 10 އަހަރު ވީ އިރު ވެސް ދުއްވުނީ ވަރަށް މަދުން ކަމަށެވެ. އެހެންވެ، މިދިޔަ ދެ އަހަރުގެ ތެރޭގައި މޫސުން ތަންދޭ ނަމަ ކޮންމެ ދުވަހަކު ވެސް އޮފީހަށް ދަނީ ބައިސްކަލުގަ އެވެ.

ނެދަލޭންޑްސްގެ މީހުން އެންމެ މަޝްހޫރީ އެމީހުން ބައިސްކަލު ދުއްވަން ލޯބި ކުރާތީ އެވެ. އެގޮތުން 2018 ވަނަ އަހަރު އެގައުމުގެ އާބާދީއަށް ވުރެ އެގައުމުގައި ބޭނުން ކުރި ބައިސްކަލުގެ އަދަދު ގިނަ އެވެ. އެއީ 17 މިލިއަންގެ އާބާދީއެއްގައި 23 މިލިއަން ބައިސްކަލެވެ.

ނެދަލޭންޑްސްގެ ސަރުކާރުތަކުން އެގައުމުގެ މަގުތައް ތަރައްގީ ކުރީ ވެސް ބައިސްކަލު ދުއްވަން އެންމެ އެކަށޭނަ ގޮތް ބަލައިގެންނެވެ. އެގޮތުން ބައިސްކަލާއި ސައިކަލަށް ހާއްސަ 35000 ކިލޯމީޓަރު ލޭނު އެގައުމުގައި ހުރެ އެވެ. އަދި އެގައުމުގެ އުޓްރެކްޓް ސިޓީއަކީ ދުނިޔޭގެ އެންމެ ބޮޑު ބިމު އަޑީގެ ބައިކު ޕާކު ހުންނަ ސިޓީ އެވެ.

ހިޔާލު