Sarukaaruge 5 aharuge action plan mirey ifthithaahu kuranee
image
ރައީސް ސޯލިހު--
1 ކޮމެންޓް
 

ސަރުކާރުގެ ފަސް އަހަރުގެ އެކްޝަން ޕްލޭން މިރޭ އިފްތިތާހް ކުރަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން މިރޭ އިފްތިތާހް ކުރައްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
މި އެކްޝަން ޕްލޭން ބިނާ ވާނީ ރިޔާސީ އިންތިހާބުގެ މެނިފެސްޓޯ އާއި މަޖިލިސް ކެމްޕޭނުގައި ބޭނުން ކުރި "އެޖެންޑާ 19" އާއި ސަރުކާރުގެ އެހެނިހެން ސިޔާސަތުތައް އެކުލެވޭ ގޮތަށެވެ.

އަދި މި ޕްލޭނަކީ ކުރިޔަށް އޮތް ފަސް އަހަރުގެ ސަރުކާރުގެ މަގު ޗާޓެވެ. މީގައި ސަރުކާރުން ކުރައްވާނެ ހުރިހާ ކަމެއް އެކުލެވިގެން ދާއިރު ކޮންމެ އަހަރެއްގެ އެނުއަލް ޓާގެޓް ވެސް މި އެކްޝަން ޕްލޭންގައި ހިމެނިފައި ވާނެ ކަމަށް މީގެ ކުރިން ސަރުކާރުން ވަނީ ބުނެފަ އެވެ.

ސްޓްރެޓެޖިކް އެކްޝަން ޕްލޭން އިފްތިތާހް ކުރުމުގެ ޖަލްސާ އޮންނާނީ މިރޭ 21:00 ގައި ދަރުބާރުގޭގަ އެވެ.
ރައީސް އޮފީސް
ހިޔާލު

ކާފަދ

ދެން ކުރަންޖެހޭނީ 4 އަހަރުގެ ޕްލޭން