MRM ufehdhumuge huhdha dheefi
image
އެމްއާރުއެމް ރަޖިސްޓްރީ ކުރުމަށްޓަކައި ބާއްވަން ޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ ދިނުން--
0 ކޮމެންޓް
 

އެމްއާރުއެމް އުފެއްދުމުގެ ހުއްދަ ދީފި

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިސްނަންގަވައިގެން ރަޖިސްޓްރީ ކުރެއްވުމަށް މަސައްކަތް ކުރަމުންދާ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ޕާޓީ އުފެއްދުމަށް ބޭނުންވާ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން މިއަދު ދީފި އެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން ޕާޓީއެއް ރަޖިސްޓްރީ ކުރާނީ އެ ޕާޓީ އުފެއްދުމުގެ ޖަލްސާގައި މަދުވެގެން 300 މީހުން ބައިވެރިވެ، ޕާޓީގެ އަސާސީ ގަވާއިދު ފާސްކުރުމުންނެވެ.

އެމްއާރްއެމް އިން މިދިޔަ އޯގަސްޓް މަހުގެ ތެރޭގައި ވަނީ ޖުމްލަ 3313 މީހުންގެ ސޮޔާއެކު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފަ އެވެ.

އިލެކްޝަން ކޮމިޝަނުގެ ތަރުޖަމާނު އަހުމަދު އަކްރަމް މިއަދު ސީއެންއެމްއަށް ވިދާޅުވީ އެމްއާރުއެމް ރަޖިސްޓްރީ ކުރުމަށްޓަކައި ބާއްވަން ޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ މީގެ ކުޑައިރުކޮޅެއް ކުރިން ދީފައިވާ ކަމަށެވެ.

އަކްރަމް ވިދާޅުވީ ޕާޓީ އުފެއްދުމުގެ ހުއްދަ ދީފައި މިވަނީ ތިން ހާހަށް ވުރެ ގިނަ މީހުންގެ ސޮއި ހުށަހަޅާފައި ވާތީ ކަމަށެވެ.

ޕާޓީ ރަޖިސްޓްރީ ކުރުމަށްޓަކައި ބާއްވަން ޖެހޭ ޖަލްސާ ބާއްވަން އޮންނަނީ ހުއްދަ ދޭތާ ތިން މަސް ދުވަހުގެ ތެރޭގައެވެ.
ހިޔާލު