Dhaulathuge dhathuru thakah kanda elhi budgetun baakee mihaaru othee ehmme million eh!
image
0 ކޮމެންޓް
 

ދައުލަތުގެ ދަތުރުތަކަށް ކަނޑައެޅި ބަޖެޓުން ބާކީ އޮތީ އެންމެ މިލިއަނެއް

ދައުލަތުގެ ބަޖެޓުގައި ސަރުކާރުގެ ދަތުރުތަކަށް ކަނޑައަޅާފައިވާ ފައިސާއިން ދެން ބާކީ އޮތީ މިލިއަނެއްހާ ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ދެހާސް ނަވާރަވަނަ އަހަރަށް ދައުލަތުން ކަނޑައެޅި ބަޖެޓުގައި ދައުލަތުގެ ދަތުރުތަކުގެ ހަރަދަށް ކަނޑައަޅާފައި ވަނީ 142.1 މިލިއަން ރުފިޔާ އެވެ. ފިނޭންސް މިނިސްޓްރީން އާއްމުކުރި ދައުލަތުގެ ހަރަދާއި އާމްދަނީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެ ފައިސާގެ ތެރެއިން 141.3 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

މިއީ އެކަމަށް ކަނޑައެޅި ބަޖެޓުގެ 99 އިންސައްތަ އެވެ.

މީގެ ކުރީގެ ސަރުކާރުތަކުން ދަތުރުތަކަށް ކޮށްފައިވާ ސީދާ ހަރަދެއް ބުނާކަށް ނޭނގެ އެވެ. އެއީ މިފަދައިން ދައުލަތުގެ ހަރަދާއި އާމްދަނީގެ ތަފާސްހިސާބުތައް ކުރީގެ ސަރުކާރުތަކުން އާއްމު ނުކުރާތީ އެވެ.

ދާދި ފަހުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އދ.ގެ އާއްމު މަޖިލީހުގައި ތަގުރީރު ކުރައްވަން ވަޑައިގެންނެވި ދަތުރަށް ހަ މިލިއަން ރުފިޔާ ހަރަދުވި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަތަކެއް ދައުރު ކުރި އެވެ. ނަމަވެސް ސަރުކާރުން ވަނީ އެކަން ދޮގުކޮށްފަ އެވެ.
ހިޔާލު