6 kilo ge drug aa eku hayyaru kuri 3 meehaku dhookollaifi
image
ހައްޔަރު ކުރި ފަސް މީހުން-- ފޮޓޯ: މިހާރު
0 ކޮމެންޓް
 

ހަ ކިލޯގެ ޑްރަގާއެކު ހައްޔަރުކުރި ތިން މީހަކު ދޫކޮށްލައިފި

މިދިޔަ ޖުލައި މަހު ހަ ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި ފަސް މީހުންގެ ތެރެއިން ތިން މީހަކު އިއްޔެ ކްރިމިނަލް ކޯޓުން ދޫކޮށްލައިފި އެވެ.
އިއްޔެ ކޯޓުން ދޫކޮށްފައި ވަނީ އަބްދުﷲ އިބްރާހިމާއި އަހުމަދު ރައޫފާއި އަހުމަދު މަމްދޫހެވެ. އެކަމުގައި ހިމެނޭ މުހައްމަދު ފައިސަލްގެ ބަންދާ މެދު މާދަމާ ގޮތެއް ކަނޑައަޅަން ހަމަޖެހިފައި ވާއިރު، އަލީ ހަސަންގެ ބަންދަށް ފަސް ދުވަސް ޖެހީ އޭނާގެ ކުޑަކަމުދާ ތަކެތި މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވުމުންނެވެ.

އޭގެ ތެރެއިން އަބްދުﷲ އިބްރާހީމާއި މުހައްމަދު ފައިސަލް އަދި އަލީ ހަސަންގެ މައްޗަށް އުފުލީ ކެނެބިސް ޓްރެފިކް ކުރުމުގެ ދައުވާ އެވެ. ދެން ތިބި ދެ މީހުންނަށް އުފުލީ އެކަމަށް އެހީވެދިން ކަމުގެ ދައުވާ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި 62 ދުވަސް ބަންދުގައި ބެހެއްޓުމަށް ފަހު ތިން މީހަކު ދޫކޮށްލީ ޝަރުތުތަކާއެކު އެވެ. އެކަމަކު އޭގެ ތަފްސީލެއް ނުލިބެ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން އެމީހުންގެ އަތުން މަސްތުވާތަކެތި ފެނުނީ ދަބަހުގައި ރައްކާކޮށްފައި ހުއްޓަ އެވެ. ފުލުހުން ބުނެފައިވާ ގޮތުގައި މަސްތުވާތަކެތި ބަންދުކޮށްފައި ހުރި ހަތަރު ރަބަރުގަނޑު ފެނިފައި ވެއެވެ.
ހިޔާލު