The Sky is Pink ge 2 vana lava ves ehaa furihama!
image
ލަވައިގެ މަންޒަރެއް--
0 ކޮމެންޓް
 

"ދަ ސްކައި އިޒް ޕިންކް" ގެ ދެވަނަ ލަވަ ވެސް އެހާ ފުރިހަމަ!

ސޮނާލީ ބޯސްގެ "ދަ ސްކައި އިޒް ފިންކް"ގެ ދެވަނަ ލަވަ ވެސް ވަރަށް ފުރިހަމަ ކަމަށް ގިނަ ބަޔަކު ބުނެފި އެވެ.
މިދިޔަ އަންގާރަ ދުވަހު ނެރެނު ފިލްމުގެ ދެވަނަ ލަވައަށް ކިޔަނީ "ޕިންކް ގުލާބީ ސްކައި" އެވެ. އެ ލަވައިގައި ޕްރިޔަންކާ ޗޯޕްރާ އާއި ފަރުހާން އަހްތަރުގެ އިތުރުން ޒައިރާ ވަސީމް އަދި ރޯހިތު ސަރަފް ފެނިގެން ދެއެވެ.

އެ ލަވަ ކިޔާފައި ވަނީ ޕްރިތަމް އާއި ޝަޝްއަތު އަދި ޖޮނީތާ އެވެ.



އެ ފިލްމަކީ މޯޓިވޭޝަނަލް ސްޕީކަރެއްގެ އިތުރުން އިންސްޕިރޭޝަންލް ލިޔުންތައް ލިޔެފައިވާ އައިޝާގެ ހަޔާތުގެ މައްޗަށް ހެދި ފިލްމެކެވެ. ދިފާއީ ބާރުގެ މައްސަލަތަކެއް ދިމާވެ، ބަލިކޮށް އުޅެމުން އައި އައިޝާ މަރުވެފައި ވަނީ އުމުރުން އެންމެ 18 އަހަރުގަ އެވެ.

ފިލްމުގައި ޒައިރާ ފެނިގެން ދަނީ އައިޝާގެ ރޯލުންނެވެ. އަދި ޕްރިޔަންކާ އާއި ފަރްހާން ފެންނާނީ ޒައިރާގެ މައިންބަފައިންގެ ރޯލުންނެވެ. މިއީ ޒައިރާ ފެނިގެން ދާނެ އެންމެ ފަހު ފިލްމު ކަމުން އެ ފިލްމަކީ އޭނާގެ ސަޕޯޓަރުންނަށް ހާއްސަ ފިލްމަކަށް ވާނެ އެވެ.
ހިޔާލު