Afraasheem ge gathulu reyvi meehunge thafseel haama kuraanan: Suood
image
މަރުތައް ބަލާ ރިޔާސީ ކޮމިޝަނުގެ ރައީސް ހުސްނުއް ސުއޫދު-- ފޮޓޯ: މިހާރު
1 ކޮމެންޓް
 

އަފްރާޝީމްގެ ގަތުލު ރޭވި މީހުންގެ ތަފްސީލް ހާމަކުރާނަން: ސުއޫދު

އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގެ ފަހަތުގައިވާ ގިނަ ތަފްސީލުތަކެއް ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމަށް މަރުތައް ބަލާ ރިޔާސީ ކޮމިޝަނުގެ ރައީސް ހުސްނުއް ސުއޫދު މިއަދު ވިދާޅުވެއްޖެ އެވެ.
ޑރ. އަފްރާޝީމް އަވަހާރަކޮށްލާފައި ވަނީ މީގެ ހަތް އަހަރު ކުރިންނެވެ. އެކަމުގައި ހުސެއިން ހުމާމު މެރުމަށް ހުކުމް ކޮށްފައިވީ ނަމަވެސް، ހަގީގީ އިންސާފު ނުލިބޭ ކަމަށް އަފްރާޝީމްގެ އާއިލާއިން ގަބޫލުކުރެ އެވެ.

އެއީ އެކަން ރޭވުމާއި ފަންޑު ކުރުމުގައި ބަޔަކުވާ ކަމަށް ފުލުހުން ކުރިން ބުނެފައި ވާއިރު، އަދިވެސް އެ ފަރާތްތަކަކީ ކޮބައިކަން ތަހުގީގަށް ހޯދިފައި ނުވާތީ އެވެ.

އެކަމާ ގުޅިގެން ހުސްނުއް ސުއޫދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ބިރުވެރި ގަތުލުގެ ތަފްސީލް ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ހާމަކުރެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.

"... އޭގެ ތެރޭގައި އެ ކުށް ކުރި މީހުންގެ ތަފްސީލާއި، އެކަން ރޭވި މީހުންގެ ތަފްސީލް ހިމެނޭ،" ސުއޫދު ވިދާޅުވި އެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލީ ދިރިއުޅުއްވާ ގޭގެ ސިޑިގޮޅި ކައިރީގަ އެވެ. އެ ގަތުލުގެ އިތުރުން ފާއިތުވި އަހަރުތަކުގައި ހިނގާފައިވާ ބޮޑެތި މިފަދަ މައްސަލަތައް މަރުތައް ބަލާ ކޮމިޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.
ހިޔާލު

ސަންޓޭ2

ނުކެރޭނެ ޕާޓީއައް ނިސްބަތްވާ މީހެއްގެ ނަންބުނާކައް ހަދާނީ ދޮގެއް ގެރެންޓީ