Yamen Teacher akee Terrorism aa gulhun huri meeheh: Imran
image
ޔާސިރު ޔަހްޔާ--
1 ކޮމެންޓް
 

ޔަމަނު ޓީޗަރަކީ ޓެރަރިޒަމާ ގުޅުން ހުރި މީހެއް: އިމްރާން

ރާއްޖޭގައި ޓީޗަރެއްގެ މަސައްކަތް ކުރަމުން ދަނިކޮށް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނައި ޔާސިރު ޔަހުޔާ އަކީ ޓެރަރިޒަމާ ގުޅުން ހުރި މީހެއް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މިހާރު ފުލުހުން ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި އިމްރާން ވިދާޅުވީ ޔާސިރުއާ ޓެރަރިޒަމާ ގުޅުން ހުރިކަން ބައިނަލްއަގްވާމީ މީޑިއާތަކުން ވެސް އެނގެން އެބަ އޮތެވެ. އަދި އެކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމުން އިމިގްރޭޝަނަށް އެންގުމުން ކޮންޓްރޯލާއަށް ލިބިވަޑައިގެންފައިވާ ބާރުގެ ދަށުން، ރާއްޖެ ދޫކޮށް ދާން އެންގުމުން ޕާސްޕޯޓް ފޮރުވައި ރާއްޖެއިން ފުރަން އިންކާރު ކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ޔާސިރު، 2017 ވަނަ އަހަރުން ފެށިގެން އިމިގްރޭޝަނުގެ ބެލުމުގެ ދަށުގައި ހުރި ސަބަބަކީ އެއީ ކަމަށް ވެސް ވިދާޅުވިއެވެ. އިމްރާން ވަނީ އޭނާ ފުރައިގެން ދާން ބޭނުންނަމަ އެކަން ފަހިކޮށްދޭނެ ކަމަށް ވެސް ވިދާޅުވެފައެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ ޔާސިރަކީ އެކި ގައުމުތަކުގަ ހިނގާފައިވާ ޓެރަރިޒަމްގެ އަމަލުތަކާ ގުޅިގެން އެތައް ދުވަހަކު ޖަލުގައި ވެސް ހޭދަކުރި މީހެއް ކަމަށެވެ. އެގޮތުން ޓެރަރިޒަމާ ގުޅުން ހުރި މީހުންނާ އޭނާއާ ގުޅުން އޮންނަކަން ވެސް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

އޭގެ އިރުރުން ބައިނަލްއަގްވާމީ ތަހުގީގީ އިދާރާތަކުން ވެސް އޭނާއާ ގުޅޭ މައުލޫމާތު ދީފައިވާކަން ފާހަގަކުރެއްވި އެވެ.

ޝަރީއަތެއް ނެތި ދެ އަހަރު ވަންދެން ހުޅުމާލެ ޑިޓެންޝަނު ސެންޓަރުގައި ޔާސިރު ބަންދުކޮށްފައި ހުރިއިރު ޑިޓެންޝަން ސެންޓަރުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް މިދިޔަ ޖުލައި މަހުގެ ތެރޭގައި އޭނާ ފެށިއެވެ.

އޭނާ އަކީ ދިވެހި އަންހެނަކާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ މީހެކެވެ. އެދެމަފިރިންގެ އަންހެން ދަރިއެއްވެސް ހުރެއެވެ.
ހިޔާލު

ކުށެއް

އިސްލާމް ދީނުގައި އޮންނަގޮތަށް މާފަށް އެދުމުން މައާފް ދެއްވުން ރަގަޅުވާނެ.