Action Plange sababun Sarukaaru zinmaadhaarukuran faseyha vaane: Raeesuljumhooriya
/
image
0 ކޮމެންޓް
 

އެކްޝަން ޕްލޭންގެ ސަބަބުން ސަރުކާރު ޒިންމާދާރު ކުރަން ފަސޭހަ ވާނެ: ރައީސުލްޖުމްހޫރިއްޔާ

ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން ގެ ސަބަބުން ސަރުކާރު ޒިންމާދާރު ކުރަން ފަސޭހަ ވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ވިދާޅުވެއްޖެއެވެ.
ރައީސް ސާލިހު ވިދާޅުވީ މި ޕްލޭންގެ ސަބަބުން ސަރުކާރުގެ ވައުދުތައް ފުއްދަންވީ ވަގުތާއި އެކަމަށް ފައިސާ ހޯދަންވީ ގޮތުގެ ޕްލޭން އެކުލަވާލާފައިވާނެކެމަށެވެ. އަދި އެކަންކަން ނުވާނަމަ އެކަމާމެދު ސުވާލުކޮށް ސަރުކާރު ޒިންމާދާރުކުރަން މި ޕްލޭންގެ ސަބަބުން ފަސޭހަ ވާނެކަމަށެވެ.

"މިކަމުގަ ހުރެދާނެ ބައެއް ބޭފުޅުން ނުގަބޫލު ކަންތައްތައް. ބައެއް ބޭފުޅުން ބޭނުން ނުވާގޮތަށް ލިޔެފަ ހުރި ކަންތައްތައް. އަޅުގަނޑުގެ އިލްތިމާސްއަކީ ހުރިހާ ވަޒީރުންނާ ސަރުކާރު ހިންގަވަން ތިއްބެވި ހުރިހާ މުވައްޒަފުން މި ކަންތައްތައް ތަންފީޒުކުރުމުގަ އަޅުގަނޑަށް އެއްބާރުލުން ދެއްވުން،" ރައީސް ސާލިހު މިރޭ ވިދާޅުވިއެވެ.


ރައީސް ސާލިހު ވިދާޅުވީ މިރޭ އިފްތިތާހުކޮށްދެއްވި ޕްލޭނަގަ ވާ ކަންތައްތަކަކީ އެތައް ބައިވަރު ރައްޔިތުންތަކަކާ އަދި އެތައް މައައްސަސާއަކާ ވާހަކަދެކެވިގެން ހެދިފާހުރި ކަންތައްތަކަމަށެވެ.

މި އެކްޝަން ޕްލޭން ބިނާ ވާނީ ރިޔާސީ އިންތިހާބުގެ މެނިފެސްޓޯ އާއި މަޖިލިސް ކެމްޕޭނުގައި ބޭނުން ކުރި "އެޖެންޑާ 19" އާއި ސަރުކާރުގެ އެހެނިހެން ސިޔާސަތުތައް އެކުލެވޭ ގޮތަށެވެ.

އަދި މި ޕްލޭނަކީ ކުރިޔަށް އޮތް ފަސް އަހަރުގެ ސަރުކާރުގެ މަގު ޗާޓެވެ.
ހިޔާލު