Magaamun vaki kuran ulheythee Trump koafaave vadaigenfi
image
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް--
0 ކޮމެންޓް
 

މަގާމުން ވަކި ކުރަން އުޅޭތީ ޓްރަމްޕް ކޯފާވެވަޑައިގެންފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކިކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާތީ ޓްރަމްޕް ކޯފާވެވަޑައިގެންފި އެވެ.
އިދިކޮޅު ޑިމޮކްރެޓުން ބުނެފައި ވަނީ އެ މައްސަލާގައި ޓްރަމްޕާ ސުވާލު ކުރެއްވުމަށް މި ހަފްތާގައި ވައިޓް ހައުސަށް ޗިޓު ފޮނުވާނެ ކަމަށެވެ.

ގާނޫނު ހަދާ މަޖިލިހުގެ ތިރިގެ، ކޮންގްރެސް ކޮމިޓީތަކުން މަސައްކަތް ކުރަނީ ޓްރަމްޕްގެ ސަރުކާރާއި ޔޫކްރެއިނާ ދެމެދު ކޮށްފައިވާ މުއާމަލާތްތަކުގެ ތަފްސީލް ހޯދުމަށެވެ.

އެ މައްސަލާގައި ކޯފާވެވަޑައިގެން ޓްރަމްޕް ވަނީ ހަޑި ހުތުރު ބަހުން ޑިމޮކްރެޓުންނާ މުހާތަބު ކުރައްވާފަ އެވެ. އަދި ޑިމޮކްރެޓުންނަކީ ދޮގު ހަދާ، ހިޔާނާތްތެރި ބަޔެއް ކަމަށް ތުހުމަތު ކުރެއްވި އެވެ.

ޑިމޮކްރެޓުން ބުނެފައި ވަނީ ޓްރަމްޕާ ދެކޮޅަށް ކުރެވޭ ތުހުމަތު އިންސާފުވެރިކަމާއެކު ތަހުގީގު ކުރަން ބޭނުންވާ ކަމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޓްރަމްޕަށް ތުހުމަތު ކުރެވެނީ އިދިކޮޅު ލީޑަރަކަށް އަމާޒުކޮށް ކަންކަން ކުރުމަށް ޔޫކްރެއިނުގެ އެހީތެރިކަން ހޯދި ކަމަށެވެ.
ހިޔާލު