Kasrathah fahu buimah thaazaa drink eh
image
1 ކޮމެންޓް
 

ކަސްރަތަށް ފަހު ބުއިމަށް ތާޒާ ޑްރިންކެއް

ކަސްރަތު ކުރުމުގެ ކުރިން ކެއުމަށް ބޭނުން ކުރާ ތަކެތި ހަށިގަނޑަށް މުހިއްމުވާ ފަދައިން، ކަސްރަތަށް ފަހު ބޭނުން ކުރާ ބުއިންތަކާއި ކެއުންތައް ވެސް މުހިއްމެވެ.
ހަށިގަނޑަށް ދިޔާ ތަކެތި މުހިއްމުކަން އެނގުނު ނަމަވެސް، އެކަމަށް ފަރުވާ ކުޑަ ކުރެވޭ ފަހަރު އާދެ އެވެ. ކަސްރަތު ކުރާއިރު، ހަށިގަނޑުން ދާހިއްލުމުން "ޑީހައިޑްރޭޝަން" ގެ ފުރުސަތު ބޮޑުވެ އެވެ.

މާ ގިނައިން ޑީހައިޑްރޭޝަން ދިމާވާނަމަ، ކިޑްނީގެ ބަލިތައް ފަދަ ނުރައްކާތެރި ބަލިތައް ޖެހުމުގެ ފުރުސަތު އޮވެ އެވެ. އެހެންވެ ކަސްރަތަށް ފަހު ރަނގަޅަށް ދިޔާ ތަކެތި ބޭނުން ކުރުމަށް ސަމާލުކަން ދޭން ވާނެ އެވެ.

ވޯޓާމެލަން އަދި ބެސިލް ޑްރިންކް

ހަށިގަނޑުން ފެން މަދުވުމުން، ގިނަ ފަހަރަށް އެކަން ހައްލު ކުރަނީ ގިނައިން ފެން ބޮއެގެންނެވެ. އެކަމަކު ކުޑަކޮށް ތަފާތުކޮށްލާ، މީރު ރަހައެއް ބޭނުން ނަމަ މި ބުއިން ހަދާލެވިދާނެ އެވެ.

ކަރަ އާއި ބެސިލް އަކީ ހަށިގަނޑުގެ ފެން ބެލެންސް ކުރުމަށް ރަނގަޅު ވަސީލަތްތަކެވެ. ކަރާގައި މިނަރަލް ގިނަވުމުން އިލެކްޓްރޮލައިޓް ހަމައަށް އަޅުވައިދެ އެވެ.

މެގްނީޒިއަމާއި، ޕޮޓޭސިއަމް އަދި ލޮނު ވެސް ހިމެނޭ ކަރަލުގެ 90 އިންސައްތަ އަކީ ފެނެވެ. ބެސިލް ފަތަކީ ހަޖަމު ކުރުމުގެ ނިޒާމަށް ރަނގަޅު އެއްޗެކެވެ. އަދި ހަށިގަނޑުގައިވާ ޓޮކްސިންތައް ބޭރު ކުރުމަށް އެހީވެ އެވެ.

ބޭނުންވާ ތަކެތި

2 ޖޯޑު ކަރާ (ޗިސްކޮށްފައި)
1/2 ސައިސަމުސާ ލުނބޯ ތޮށި
20 ބެސިލް ފަތް
ލޮނު
4 ޖޯޑު ފެން

ތައްޔާރު ކުރާނެ ގޮތް

ޖާއެއް ނުވަތަ ބޮޑު ބިއްލޫރި ތައްޓެއްގެ ތެރެއަށް ކަރާ، ބެސިލް ފަތް، ލުނބޯ ތޮށި އަޅާށެވެ. އޭގެ ތެރެއަށް ފެން އެޅުމަށް ފަހު ފްރިޖުގައި 3-4 ގަޑިއިރު ބަހައްޓާށެވެ. ރަނގަޅަށް ފިނިވުމުން ބޯލާށެވެ.
ހިޔާލު

ތަކުރު

ލޮނު؟