Boahiyaa vahi kamuge bill ves Majileehuge mi dhauruga!
image
މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރިޔާސަތުގައި މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ / މަޖިލިސް
0 ކޮމެންޓް
 

ބޯހިޔާވަހިކަމުގެ ބިލު ވެސް މަޖިލީހުގެ މި ދައުރުގައި!

މި ދައުރުގައި މަސައްކަތް ކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއުލާން ކުރެއްވި 48 ބިލުގެ ތެރޭގައި ބޯހިޔާވަހިކަމުގެ ބިލު ވެސް ހިމެނެ އެވެ.
ނަޝީދު ވިދާޅުވީ މަޖިލީހުގެ މި ދައުރުގައި 30 ބިލެއް މަޖިލީހަށް ސަރުކާރުން އެކަނިވެސް ހުށަހަޅާނެ ކަމަށެވެ. ބައެއް ބިލްތަކަކީ ވެރިކަން ކުރާ މައިޕާޓީ އެމްޑީޕީގެ "އެޖެންޑާ 19" ގައި ހިމެނޭ ބިލުތަކެއް ކަމަށާއި އެގޮތުން 18 ބިލެއް އެމްޑީޕީގެ ފަރާތުން މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ.

މި ދައުރުގައި މަޖިލީހަށް ހުށަހަޅާނެ ބިލްތައް:

އިންތިގާލީ އިންސާފުގެ ބިލު
ފުލުހުންގެ ގާނޫނަށް އިސްލާޙުގެ ގެނައުމުގެ ބިލ
ކޯޓުގެ ގާނޫނަށް އިސްލާޙުގެ ގެނައުމުގެ ބިލު
ފަނޑިޔާރުންގެ ގާނޫނަށް އިސްލާޙުގެ ގެނައުމުގެ ބިލު
ސިވިލް ޕްރޮސީޖާސް ކޯޑާ ގުޅޭ ބިލު
އިންކަމް ޓެކްސް ނެގުމުގެ ބިލު
ލާމަރުކަޒީ ގާނޫނުނަށް އިސްލާޙުގެ ގެނައުމުގެ ބިލު
ފެނާ ކަރަންޓާ ނަރުދަމާއާ ގުޅޭ ބިލު
ކްލައިމެޓް ރެސިލިއަންސް އާ ގުޅޭ ބިލު
ރުއް ގަހާ ގުޅޭ ބިލެއް
ބޯހިޔާވަހިކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
ތައުލީމީ ދާއިރާއާ ގުޅޭ ބިލު
އާއިލާއާ ވަރި ކައިވެންޏާ ގުޅޭ ބިލެއް
ވަޒީފާއެއް ހޯދާ މީހުނަށް އިނާއަތެއް ދޭ ބިލު
އެންމެ ކުޑަ އުޖޫރައެއް
ދަތުރުފަތުރުގެ ނިޒާމާ ގުޅޭ ބިލު

ބިލުތަކުގެ އިތުރުން ދެން އޮތީ އަންނަ އަހަރަށް ކަނޑައަޅާ ދައުލަތުގެ ބަޖެޓު ފާސްކުރުން ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި މަޖިލީހުން އެންމެ ބޮޑަށް ތައްޔާރު ވާނީ ވެސް އެކަމަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މަޖިލިސް
ހިޔާލު