BML in nukulhedhuntherikan hunna faraaithakah fathan dhaskohdhey programme eh
image
ބީއެމްއެލް އިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަތަން ދަސްކޮށްދިނުމަށް ބާއްވާ ޕްރޮގްރާމުގެ ތެރެއިން-- ފޮޓޯ: ބީއެމްއެލް
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަތަން ދަސްކޮށްދޭ ޕްރޮގްރާމެއް ބީއެމްއެލްއިން

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަތަން ދަސްކޮށްދޭ ޕްރޮގްރާމް 'ފެތުން ތަރިން' އިއްޔެ މާލެއާއި ހުޅުމާލޭގައި ފަށައިފިއެވެ.
އެ ޕްރޮގްރާމަކީ އެ މީހުންގެ ބައިވެރިވުން މުޖުތަމައުގައި އިތުރު ކުރުމާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިރިއުޅުމުގައި ކޮންމެހެން ބޭނުންވާ މުހިންމު ހުނަރުތައް ދަސްކުރުމުގެ ފުރުސަތުތައް ހޯދައިދިނުމުގެ ގޮތުން ބާއްވާ ޕްރޮގްރާމެކެވެ.

ބީއެމްއެލް އާއި އާއި ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިތުރުން ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އާއި މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީ އާ ގުޅިގެން ހިންގާ މި ޕްރޮގްރާމުގައި ނުކުޅެދުންތެރިކަން ހުންނަ 30 މީހުން ބައިވެރިވެއެވެ.

ބީއެމްއެލް ގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވީ އެފަދަ ކުދިންނަށް އިތުރު ހުނަރެއް ދަސްވެގެންދިޔުމަކީ ލިބޭ އުފަލެއް ކަމަށާއި އަދި އެ ޕްރޮގްރާމަށް ލިބުނު ތަރުހީބު ވަކިން ހާއްސަކޮށް ފާހަގަކޮށްލާ ކަމެވެ.

އަދި ކޯޗުންގެ އެހީތެރިކަމާއެކެ ގިނަ ފަރާތްތަކަށް ފަތަން ދަސްވެ، ފެތުމަށް ހުންނަ ޝައުގުވެރިކަން އިތުރުވެގެން ދިޔުމަށް އުންމީދު ކުރާ ކަމަށްވެސް އެބޭފުޅާ ވިދާޅުވިއެވެ.

" ހަމަހަމަ ފުރުސަތުތަކެއް ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވެސް ލިބި އިތުރު ހުނަރެއް މިކުދިންނަށް ދަސްވެގެންދާކަމީ އަޅުގަނޑުމެނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މިއާއެކު، 'ފެތުން ތަރިން' ޕްރޮގްރާމަށް މި ލިބުނު ތަރުހީބު އަޅުގަނޑުމެން ފާހަގަކޮށްލަން. އަޅުގަނޑުމެންގެ އުންމީދަކީ ސްވިމިން އެސޯސިއޭޝަނާއި ކްލަބް ތަކުގެ ތަޖްރިބާކާރު ކޯޗުންގެ ފުރިހަމަ އެހީތެރިކަމާއެކު މި ޕްރޮގްރާމް ކުރިއަށްގެންދެވި މި ޕްރޮގްރާމް މެދުވެރިކޮށް ގިނަ ފަރާތްތަކަކަށް ފަތަން ދަސްވެ، އަދި ފެތުމަށް ހުންނަ ޝައުގުވެރިކަން އިތުރުވެގެން ދިޔުން." ޝަރީފު ވިދާޅުވިއެވެ.

ދުޅަހެޔޮ މުޖުތަމައު އެއް ބިނާ ކުރުމަށާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހަމަހަމަ ފުރުސަތުތައް ހޯދައިދީ، ބާރުވެރިކުރުމުގެ ގޮތުން ބީއެމްއެލް އިން އަންނަނީ އެ ދާއިރާގައި ހަރަކާތްތެރިވާ އެކި ޖަމިއްޔާތަކާއެކު ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. މިގޮތުން އެ ކުންފުނިން އިން ދަނީ އެ ޖަމިއްޔާތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ނުކުޅެދުންދުންތެރިކަން ހުންނަފަރާތްތަކަށް ބޭނުންވާ ތަފާތު ތަކެއްޗާއި އާލާތްތައް ފޯރުކޮށްދެމުންނެވެ.


ބީއެމްއެލް
ހިޔާލު