Dhe mas thereyga 16 thuhthu kujjehge maraa eku kanboduvun!
image
2 ކޮމެންޓް
 

ދެ މަސް ތެރޭގައި 16 ތުއްތު ކުއްޖެއްގެ މަރާއެކު ކަންބޮޑުވުން!

އުފަންވާ ތަނުން ނުވަތަ ތުއްތު އުމުރުގައި ކުދިން މަރުވާ ނިސްބަތް ދަށް ގައުމުތަކުގެ ތެރޭގައި މި ސަރަހައްދުން ރާއްޖެ ހިމެނެ އެވެ. އެކަމަކު ވޭތުވެދިޔަ ދެ މަހެއްގެ ތެރޭގައި 16 ތުއްތު ކުއްޖަކު މަރުވެ، އާންމުންގެ ކަންބޮޑުވުންތައް މިވަނީ އިތުރުވެފަ އެވެ.
ކަށު ނަމާދު ޕޭޖުގެ ތަފާސްހިސާބުތަކަށް ބަލާއިރު ވޭތުވެދިޔަ ދެ މަހުގެ ތެރޭގައި 16 ތުއްތު ކުއްޖަކު މަރުވެފައި ވާއިރު އޭގެ ތެރެއިން 11 ކުދިން މަރުވީ އޮގަސްޓު މަހުގެ ތެރޭގަ އެވެ. އަނެއް ފަސް ކުދިންނަކީ މިދިޔަ މަހުގެ ތެރޭގައި މަރުވި ކުދިންނެވެ.

އޭގެ ތެރޭގައި ވިހޭތާ މާގިނަ ގަޑިއިރުތަކެއް ނުވަނީސް މަރުވި ކުދިން ވެސް ހިމެނެ އެވެ.

އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރި މީހުން ވަނީ ފަހަކަށް އައިސް އެހާ ގިނަ ތުއްތު ކުދިން މަރުވެފައިވާތީ އެކަމުގެ ސަބަބު ދެނެގަތުމަށާއި އެކަމުގައި މައްސަލަތަކެއް އުޅޭތޯ ބެލުމަށް ކަމާ ބެހޭ އިދާރާތަކަށް ވެސް ގޮވާލާފަ އެވެ.

އެކަމާ ގުޅިގެން މާލޭގައި ހުރި ހަމައެކަނި ސަރުކާރު ހޮސްޕިޓަލް، އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލަކު ސީއެންއެމްއަށް ވިދާޅުވީ ތުއްތު ކުދިން މަރުވި ނިސްބަތް ކުއްލިއަކަށް ގިނަވިކަން ފާހަގަކުރެވިފައި ނުވާ ކަމަށެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އޮފިޝަލަކު ވަނީ އެފަދަ ކަމެއް އުޅޭތޯ ބެލުމަށް އައިޖީއެމްއެޗްގެ ޑޭޓާތައް އެނަލައިޒް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ.

މީގެ ދެއަހަރެއްހާ ދުވަސް ކުރިން 2017 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އަށް ކުއްޖަކު މަރުވުމާ ގުޅިގެން ވެސް އެކަން ސަމާލު ކަމަށް އައެވެ. އެކަމަކު އެ ފަހަރު ވެސް ކުދިން މަރުވުމުގައި ބޮޑު ކަމެއް ނޫޅޭ ކަމަށް ހޮސްޕިޓަލުތަކުން ބުންޏެވެ.
ހިޔާލު

އަޑުއަހަން ބޭނުންނުވާ ސުވާލުތައް

ތުއްތުކުއްޖާ ވިހާ ވަގުތު ދެވޭ "ވިޓަމިން ކޭ" ކިޔާ އިންޖެކްޝަން އުފައްދާ ކުންފުނިން ނެރެފައިވާ ލިޔުމުގައި އޮވޭ، މި އިންޖެކްޝަން މަސްގަނޑަށް ޖެހުމުން ކުއްޖާ މަރުވުން އެކަށީގެންވާ ކަމަށް. މިއީ ކިތައް މީހުން ދެނެގަންނަ ކަމެއްތޯ؟ މީގެ އިތުރުން، ތުއްތުކުދިންނަށް ވެކްސިން ދެވޭ މަސްތަކުގައި މަރުވާ އަދަދު ނިސްބަތުން ގިނަވަނީ ކީއްވެގެންތޯ ސުވާލު ނުކުރެވެނީ ކީއްވެތޯ؟ ވެކްސިން ހިމާޔަތްކުރުމަށްޓަކައި ގުރުބާންކޮށްލެވޭނީ ކިތައް ކުދިންތޯ؟ ހަމަ ރައްކައުތެރިއޭ ބުނެ ފުއްދާލެވޭކަށް މިއަދަކު ނެތް.

އަޙްމަދް

ހުރި ހިތާމައެއްގެ ބޮޑު ކަމާއޭ!
މައްސަލައަކީ ވެކްސިން ޖަހަން މަޖްބޫރު ކުރުވާތީ!