Qavaidhaa hilaafah Market kaireega viyafaari kuranee
image
ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަނީ--
1 ކޮމެންޓް
 

ގަވާއިދާ ހިލާފަށް މާރުކޭޓު ކައިރީގައި ވިޔަފާރި ކުރަނީ

ދަތުރުވެރިންގެ މާރުކޭޓު މަރާމާތު ކުރުމަށް މިދިޔަ އޮގަސްޓު މަހުގެ ފަހުކޮޅު އެތަން ބަންދު ކުރިއިރު ގޮޅިތައް ހިންގި މީހުން، "ގަވައިދާ ހިލާފަށް" މަގުމަތީގައި ވިޔަފާރި ކުރަމުން އެބަ ދެއެވެ.
މާލޭ ސިޓީ ކައުންިސިލުން ތިރީސް ދުވަހުގެ ނޯޓިސް އެއް ދިނުމަށް ފަހު އެތަން ބަންދު ކުރިއިރު، ކުރިން ސިޓީ ކައުންސިލުން ނިންމީ އެމީހުންނަށް ވިޔަފާރި ކުރަން ޖާގަ ދެއްކުމަށް ފަހު ބަންދު ކުރާށެވެ. އެކަަމަކު ސިޓީ ކައުންސިލުގެ ބައްދަލުވުމެއްގެ ކޯރަމް ހަމަނުވެގެން އެތަނުގައި ގޮޅިތައް ހިންގި މީހުންނަށް ވިޔަފާރި ކުރާނެ އެހެން ތަނެއް ކަނޑައެޅިފައެއް ނުވެ އެވެ.

އެހެންވެ ގިނަ ބަޔަކު ވަނީ އޭރު ނުރުހުން ވެސް ފާޅުކޮށްފަ އެވެ. އެކަމަކު މިހާރު ބައެއް ވިޔަފާރިވެރިން އަންނަނީ ދަތުރުވެރިންގެ މާރުކޭޓާ ދިމާލުން ބޯޓުތައް އަޅާފައި އޮންނަ މަގުގައި ވިޔަފާރި ކުރަމުންނެވެ. އެ ސަރަހައްދުގައި ތަރުކާރީ އާއި މޭވާ އާއި އިތުރު ބާވަތްތައް އެމީހުން ވިއްކަމުން އަންނައިރު ސިޓީ ކައުންސިލުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ފަޒީން މިއަދު ސީއެންއެމްއަށް ވިދާޅުވީ މަގުމަތީގައި ވިޔަފާރި ކުރުމަކީ ގަވައިދާ ހިލާފު ކަމެއް ނަމަވެސް އެކަން ހުއްޓުވަން ކައުންސިލުން ނުވިސްނާ ކަމަށެވެ.

އެތަނުގައި ވިޔަފާރި ކުރާތީ ދޭތެރެ ދޭތެރެއިން އެ ސަރަހައްދު ބެލެހެއްޓުމުގައި ފުލުހުން ވެސް ހަރަކާތްތެރިވާ ކަމަށް ފަޒީން ވިދާޅުވި އެވެ. އެގޮތުން އެމީހުން އެތަނުގައި ވިޔަފާރި ކުރާތަން ފެނުމުން ފުލުހުން އެމީހުން އެތަނުން ދުރު ކުރެއެވެ.

ސިޓީ ކައުންސިލަށް އެފަދަ ކަންކަމުގައި ފިޔަވަޅު އެޅުމުގެ ބާރެއް ނޯވެ އެވެ. އެކަމާ ގުޅިގެން ފުލުހުންގެ ބަހެއް ވެސް އަދި ނުލިބެ އެވެ.

ފަޒީން އިތުރަށް ވިދާޅުވީ ސިޓީ ކައުންސިލުން މިވަގުތު އަމާޒު ހިފާފައި ހުރި އެ ސަރަހައްދުގައި ވިޔަފާރި ކުރާ މީހުންނަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި މާރުކޭޓް މަރާމާތުކޮށް އެތަން އެމީހުންނާ ހަވާލުކުރަން ކަމަށެވެ. އެކަމަކު އެތަން ހުޅުވޭނެ ތާރީހެއް ސާފެއް ނުވެ އެވެ.

އޭގެ އިތުރުން ކުރިން ސިޓީ ކައުންސިލުން ނިންމީ އެމީހުންނަށް ޓެންޓުތަކެއް ހަދައި އެތަނުގައި ވިޔަފާރި ކުރުމުގެ ފުރުސަތު ދޭން ނަމަވެސް އެކަން ވެސް ނުކުރެވުނުކަން އޭނާ ފާހަގަކުރެއްވި އެވެ.

ސިޓީ ކައުންސިލުން ބުނެފައި ވަނީ މާރުކޭޓު މަރާމާތުކޮށް ނިމުމުން ގޮޅިތަކުގެ އަދަދު މަދުވާނެ ކަމަށެވެ. އެގޮތުން އެތަނުގައި ހުންނާނީ ޖާގަބޮޑު 63 ގޮޅި ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.

ދަތުރުވެރިންގެ މާރުކޭޓު ބަންދު ކުރިއިރު އެތަނުގައި 160 ގޮޅި ހުއްޓެވެ. އެތަނުގެ 50 ގޮޅިއެއް ދިވެހިން ހިންގަމުން އަންނައިރު 53 ގޮޅިއެއް ހިންގަނީ ބިދޭސީންނެވެ.
ހިޔާލު

ފުލެޓެއް އެޅީމަ ނުފުދޭ

ޤަވައިދާ ޚިލާފަށް ފާޅުގަ ރޯމާ ދުވާލު ވެރިރަށް މާލޭގަ ހުރިހާ ވެރިން ތިބި ފަސްގަނޑުގަ އެމީހަކާ އެމީހެއް ޓެކްސް މިނަގަނީ ކޮންކަމަކަށް ބާ