Ameen aammu aa Counselor general ah ithuru dhaureh dheyn nihmmaifi
image
ރައްޔިތުން މަޖިލީހުގެ ކައުންސިލަ ޖެނެރަލް ފިލްޒާ (ކ) އަދި އަމީން އާއްމު ނިއުޝާ (ވ) --
0 ކޮމެންޓް
 

އަމީން އާއްމުއާ ކަންސިލަ ޖެނެރަލްއަށް އިތުރު ދައުރެއް ދޭން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އަމީން އާއްމު ފާތިމަތު ނިއުޝާއާ ކަންސިލަ ޖެނެރަލް ފާތިމަތު ފިލްޒާއަށް އިތުރު ފަސް އަހަރުގެ ދައުރެއް ދިނުމަށް މަޖިލީހުން ފާސްކޮށްފިއެވެ.
މި ދެ ބޭފުޅުންގެ އިތުރުން މަޖިލީހުގެ ސާޖެންޓް އޮފް އާމްސްގެ މަގާމުގައި ހުންނެވި މުހައްމަދު ހަލީމަށްވެސް އިތުރު ދައުރެއް ދިނުމަށް ވަނީ ފާސްކޮށްފައެވެ.

މި ތިން ބޭފުޅުން އިތުރު ދައުރަކަށް މަގާމުގައި ބެހެއްޓުމަށް ނިންމަން ވޯޓު ނެގީ ވަކިވަކިންނެވެ. މިއިން ކޮންމެ ބޭފުޅަކަށް އިތުރު ދައުރެއް ލިބިވަޑައިގަތީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުންގެ އިއްތިފާގުންނެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މަޖިލީހުގެ އިދާރާގެ އިސްވެރިންގެ މަގާމުގެ ތެރެއިން އަމީންއާންމާއި ކައުންސިލަ ޖެނެރަލްގެ އިތުރުން ސާޖެންޓް އޮފް އާމްސްގެ ދައުރަކީ ފަސް އަހަރު ދުވަހުގެ މުއްދަތެވެ.

އަމީންއާންމުގެ މަގާމަށް ނިއުޝާ އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ނުވަވަނަ ދުވަހުގަ އެވެ. މަޖިލީހުގެ ކައުންސިލަ ޖެނެރަލްގެ މަގާމަށް ފިލްޒާ އައްޔަން ކުރެއްވީ ޑިސެމްބަރު 18، 2011 ގަ އެވެ. ސާޖެންޓް އޮފް އާމްސްގެ މާގަމަށް މުހައްމަދު ހަލީމް ފުރަތަމަ އައްޔަން ކުރެއްވީ އޮކްޓޫބަރު 31، 2013 ގަ އެވެ.
މަޖިލިސް
ހިޔާލު