Hina ge ufandhuvahu eyna ah 25 cake libun
image
ހީނާ---
0 ކޮމެންޓް
 

ހީނާގެ އުފަންދުވަހު އޭނާއަށް 25 ކޭކު!

މަޝްހޫރު ޓީވީ އެކްޓަރެސް ހީނާ ހާންގެ އުފަން ދުވަހު އޭނާއަށް 25 ކޭކު ލިބުނުކަމަށް އޭނާ ބުނެފިއެވެ.
ހީނާއަށް މިދިޔަ ބުދަ ދުވަހު 32 އަހަރު ފުރުނުއިރު އޭނާއަށް ވަނީ ގިނަ ބަޔަކު އުފަންދަވަހުގެ ތަހުނިޔާ ކިޔާފައެވެ. އެގޮތުން ހީނާގެ ގިނަ ސަޕޯޓަރުން ވަނީ އޭނާއަށް ހަދީޔާ ވެސް ފޮނުވާފައެވެ.

ހަދިޔާގެ އިތުރުން ހީނާއަށް ވަނީ ގިނަ އަދަދެއްގެ ކޭކު ލިބިފައެވެ. އެއީ އޭނާގެ ގާތް މީހުންގެ ފަރާތުންނާއި ސަޕޯޓަރުންގެ ފަރާތުން ލިބުނު ކޭކު ކަމަށް އޭނާ ވަނީ ބުނެފައެވެ. އިންސްޓަގުރާމު މެދުވެރިކޮށް ހީނާއަށް ލިބުނު ކޭކާއި ހަދިޔާގެ ފޮޓޯ ހިއްސާކޮށްފައިވާއިރު އޭނާއަށް 25 ކޭކު ލިބިފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

މަޝްހޫރު ޑްރާމާ ޔޭ ރިޝްތާ ކިޔާ ކެހްލާތާހޭ އިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ހީނާ އެންމެ ފަހުން ފެނިގެން ދިޔައީ ކަސޯޓީ ޒިންދަގީ ކޭގެ ދެވަނަ ބައިން ކޮމޮލިކާގެ ރޯލުންނެވެ.

އެ ޑްރާމާގައި އޭނާ ފެނިގެން ދިޔައީ ނެގަޓިވް ރޯލަކުންނެވެ. ހީނާ މިހާރު އެ ޝޯއިން ވަކިވެފައިވާއިރު އޭނާ އެޝޯއިން ވަކިވީ ފިލްމެއްގައި މަސައްކަތް ކުރުމަށްކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފައެވެ.

ހީނާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ ބޮލީވުޑް ފިލްމަކުންނެވެ. އެއީ ހީނާ ބޮލީވުޑް ފިލްމެއްގައި މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ. ގިނަ ބަޔަކު މިހާރު ތިބީ އެފިލްމު ނެރޭނެ ދުވަހެއްގެ އިންތިޒާރުގަ އެވެ.
ހީނާ ހާން
ހިޔާލު