Kudhin tharubiyyathu kurumugai israafu kuda goithah ihthiyaarukuran raees ge anbikanbalun govaalaifi
image
މަމްސް އެކްސްޕޯ އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--
0 ކޮމެންޓް
 

ކުދިން ތަރުބިއްޔަތު ކުރުމުގަ އިސްރާފު ކުޑަ ގޮތްތައް އިހުތިޔާރުކުރަން ރައީސްގެ އަނބިކަނބަލުން ގޮވާލައިފި

ކުދިން ތަރުބިއްޔަތު ކުރުމުގައި ތިމާވެއްޓާއި ރަހުމަތްތެރި އަދި އިސްރާފުވުން ކުޑަ ގޮތްތައް އިހުތިޔާރުކުރުމަށް ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ގޮވާލައްވައިފި އެވެ.
މަސައްކަތްތެރި މައިންނާއި އަންހެން ކަނބަލުންގެ މަސައްކަތްތެރިކަން ދައްކާލުމަށް ބާއްވާ "މަމްސް އެކްސްޕޯ 2019" އިފްތިތާހުކޮށްދެއްވާ އެކަމަނާ ވިދާޅުވީ ތިމާވެށި ރައްކާތެރި ކުރުމުގެ މުހިއްމު ކަން އިތުރުވެފައިވާ މި ދަނޑިވަޅުގައި ކުދިން ބޮޑުކުރުމުގައި ވެސް ތިމާވެއްޓާއި ރަހުމަތްތެރި، އަދި އިސްރާފުވުން ކުޑަވާނެ ގޮތްތައް އިހުތިޔާރު ކުރުމަކީ ތިމާވެށި ހިމާޔަތް ކުރުމަށް ކުރަމުންދާ މަސައްކަތަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމެއް ކަމަށެވެ.

މައިންނަށް، އަދި ހާއްސަކޮށް ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައިވާ މައިންނަށް، އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިއްމު ކަމުގެ މައްޗަށް އެސް އަލިއަޅުވާލާ ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވިދާޅުވީ އަންހެނުން ބާރުވެރިކުރުވުމަކީ ދިގު މުއްދަތެއްގެ ފައިދާތަކެއް ލިބޭނެ ކަމެއް ކަމަށެވެ.

ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްއިއްޔާއެއް ކަމަށްވާ "މަމްސް" އިންއިންތިޒާމް ކޮށްގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ އެ މައުރަޒު ކުރިއަށްދަނީ ބިލަބޮން އިންޓަނޭޝަނަލް ސްކޫލްގައެވެ.

އެ ރަސްމިއްޔާތުގައި ރައީސްގެ އަނބިކަނބަލުން ވަނީ މައިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގްސަދުގައި "މަމްސް" ޖަމްއިއްޔާއިން އިސްނަގައިގެން ހަދާފައިވާ "ފެމިލީ ޓު ފެމިލީ ފަންޑް" ރަސްމީކޮށް އިފްތިތާހު ކޮށްދެއްވާފައެވެ.

އެ މައުރަޒަކީ މަސައްކަތެރި މައިންނާއި، އަންހެން ކަނބަލުންގެ މަސައްކަތްތައް ދައްކުވައިދޭ މައުރަޒެކެވެ. މިއީ އަންހެނުން ބާރުވެރިކުރުމާއި، ވިޔަފާރި ފުޅާކުރަން އެހީތެރިވެ ދިނުމުގެ އިތުރުން އާމްދަނީ ހޯދުމަށް މަސައްކަތް ކުރުމަށް މައިންނަށް ފުރުސަތު ފަހިކޮށްދީ އަންހެނުން ބާރުވެރި ކުރުމުގެ މަގްސަދުގައި ބާއްވާ މައުރަޒެކެވެ.
ރައީސް އޮފީސް
ހިޔާލު