Prince Harry ves noosthakuge massala court ah hushahalhaifi
image
ޕްރިންސް ހެރީ--
0 ކޮމެންޓް
 

ޕްރިންސް ހެރީ ވެސް ނޫސްތަކުގެ މައްސަލަ ކޯޓަށް ހުށަހަޅައިފި

އިނގިރޭސިވިލާތުގެ ޑިއުކް އޮފް ސަސެކްސް، ޕްރިންސް ހެރީ، ދަ ސަން ނޫހާއި ދަ ޑެއިިލީ މިރާ ނޫހުގެ މައްސަލަ ކޯޓަށް ހުށަހަޅުއްވައިފި އެވެ.
އެ ދެ ނޫހުގެ މައްސަލަ ކޯޓަށް ހުށަހަޅުއްވާފައި ވަނީ ފޯނު ހެކް ކުރުމުގެ މައްސަލައަކާ ގުޅިގެން ކަމަށް ވެއެވެ. ޕްރިންސް ހެރީގެ އަނބިކަނބަލުން މޭގަން މާކަލް ވެސް ވަނީ މެއިލް ނޫހާ ދެކޮޅަށް ކޯޓަށް މައްސަލައެއް ހުށަހަޅުއްވާފަ އެވެ.

އެ މައްސަލައަކީ މާކަލްގެ ސިޓީއެއް ހުއްދަ ނުހޯދައި، ޝާއިއު ކުރި މައްސަލަ އެކެވެ. މާކަލްގެ ކޯޓަށް ހުށަހެޅުއްވި މައްސަލައަށް ފަހު ޕްރިންސް ހެރީ ވަނީ ބަޔާނެއް ނެރުއްވާފަ އެވެ.

އެ ބަޔާނުގައި ވަނީ ޝާހީ އާއިލާގެ ޒާތީ ކަންކަމަށް މީޑިއާތަކުން އިހްތިރާމް ނުކުރާތީ ފާޑުވިދާޅުވެފަ އެވެ.
ހިޔާލު