Gavaaidhaa hilaafah ulhey bidheyseen dhandah jamaa vumun sidi bari furijje!
image
ބިދޭސީން ގަލޮޅު ދަނޑުގައި--
1 ކޮމެންޓް
 

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ދަނޑަށް ޖަމާވުމުން ސިޑި ބަރި ފުރިއްޖެ!

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންނަށް ދެވަނަ ފުރުސަތެއް ދިނުމުގެ ގޮތުން ހިންގާ ރެގިއުލަރައިޒޭޝަން ޕްރޮގްރާމް ގަލޮޅު ދަނޑުގައި މިއަދު ފެށުމާއެކު އެތައް ސަތޭކަ ބިދޭސީންނެއް އެތަނަށް ޖަމާވެ، ބައެއް ސިޑިބަރިތައް ފުރިއްޖެ އެވެ.
އިކޮނޮމިކް މިނިސްޓްރީން ވަނީ އެ މަސައްކަތް ކުރުމަށް ގަލޮޅު ދަނޑުގައި ކައުންޓަރުތަކެއް ހަދާފަ އެވެ. ދިހައަކަށް ވުރެ ގިނަ ކައުންޓަރު އެތަނުގައި ހުރިއިރު، ކޮންމެ މޭޒެއް ކައިރީގައި މިނިސްޓްރީގެ މުވައްޒަފުން މަސައްކަތް ކުރެ އެވެ.ގަލޮޅު ދަނޑުގައި ހުރި އެ ކައުންޓަރުތައް ކައިރީގައި ވެސް ކިޔު އެހާ ދިގެވެ. ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންތައް ސިޑިތަކުގައި ތިބިއިރު، ކިޔު ވެސް ދިގުވެގެން ގޮސް ދަނޑުގެ އެއް ފަޅީގައި އެއްކޮށް ވަނީ ދަމާލާފަ އެވެ.އެއް ސިޑި ބަރި އެއްކޮށް ފުރިފައިވާ މަންޒަރު ފެނުނުއިރު، އެތަނުގައި ގިނައިން ތިބީ ބަންގްލަދޭޝް މީހުންނެވެ. އެއްވެސް ވަރަކަށް އަންހެން ބިދޭސީއަކު ފެންނާކަށް ނެތެވެ.

އަދި އެ ބިދޭސީންނަށް އެކި ކަހަލަ އިރުޝާދު ދިނުމުގެ ގޮތުން އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ދިޔައީ ލައުޑް ސްކޕީކަރުގައި ވާހަކަދައްކަމުންނެވެ. ދަނޑުގައި މިހާރު ކުރިއަށް ދަނީ ބިދޭސީންނަށް ނަންބަރު ދޫކުރުން ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންނަށް ގަވާއިދުގެ ތެރެއަށް ވަނުމުގެ ފުރުސަތު ދިނުމަށް ރެގިއުލަރައިޒޭޝަން ޕްރޮގްރާމް ހަމަސް ވަންދެން ކުރިއަށް ގެންދާނެ އެވެ.

އޭގެ ފަހުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ. އެއާއެކު ކަންބޮޑުވެފައި ތިބި ބިދޭސީންތައް ވަނީ ކޮންމެ ދުވަހަކު ވެސް އިކޮނޮމިކް މިނިސްޓްރީ ކައިރިން މަގުމަތީގައި ކިއު ހަދަން ފަށާފަ އެވެ.

ވާރެ އާއި އަވީގައި ވެސް ކިއު ހަދައިގެން އެމީހުން ކޮޅަށް ތިބެން ޖެހޭ މައްސަލާގައި ފާޑުކިޔުން އަމާޒުވި އެވެ. އެކަމާ ގުޅިގެން އެ މަސައްކަތް މި ވަނީ ގަލޮޅު ދަނޑަށް ބަދަލުކޮށްފަ އެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 120،000 އަށް ވުރެ ބިދޭސީން ރާއްޖޭގައި އުޅޭ އިރު، 63،000 އަށް ވުރެ ގިނަ މީހުންނަކީ އެއްވެސް ލިޔެކިޔުމެއް ނެތި ގަވާއިދާ ހިލާފަށް އުޅޭ މީހުންނެވެ.
ހިޔާލު

ޢަލީ،

މިހާރު ތިޔަތިބީ ޤަވާޢިދާ ޚިލާފަށް އުޅޭމީހުން ވަކި ކުރެވިފައެއްނު. ދެން ގޭޓް ބަންދުކޮށް އެ އެންމެން ހިފަހައްޓާ އަވަސްވީ ގޮތަކަށް އެ މީހުން ޑީޕޯޓް ކޮށްލަންވީނު.