Iraq ge muzaaharaa thah huttaalumah UN inn govaalaifi!
image
އިރާގުގައި ކުރަމުންދާ މުޒާހަރާ-- ފޮޓޯ: އޭއެފްޕީ
އަލީ ޖުމާން ފުއާދު
0 ކޮމެންޓް
 

އިރާގުގެ މުޒާހަރާތައް ހުއްޓާލުމަށް އދ. އިން ގޮވާލައިފި!

އިރާގުގައި ކުރަމުންދާ މުޒާހަރާތަކުގައި އެތައް ސަތޭކަ ބަޔަކު މަރުވެ، އެތައް ހާސް ބަޔަކަށް އަނިޔާވުމާ ގުޅިގެން އެ މުޒާހަރާތައް ހުއްޓާލުމަށް އދ. އިން ގޮވާލައިފި އެވެ.
މުޒާހަރާ ކުރަމުންދާ ސަބަބަކީ ގައުމުގެ ކޮރަޕްޝަން ބޮޑުވެ އަދި ވަޒީފާގެ ފުރުސަތުތައް ހަނިވުމާއެކު އެ މައްސަލަތަކެއް ހެއްލެއް ގެނައުމަށް ސަރުކާރަށް ބާރު އެޅުމުގެ ގޮތުންނެވެ.

ނިމިގެން ދިޔަ ހޮނިހިރު ދުވަހު އިރުމަތީ ބަގުދާދުގައި ހިނގައި ދިޔަ ބޮޑު މުޒާހަރާއެއް ވަނީ ކަމާ ބެހޭ ފަރާތްތަކުން ހުއްޓުވާފަ އެވެ. މި ފަރާތްތަކުން ކަރުނަ ގޭހާއި ހަތިޔާރުގެ ބޭނުން ކުރި ކަމަށް ރިޕޯޓުތަކުން އަންގަ އެވެ.

އިރާގުގެ ގާނޫނު ހަދާ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފައި ވަނީ މަދުވެގެން 99 މީހުން މަރުވެ، 4000 މީހުން ވަނީ ޒަހަމު ވެފައި ކަމަށެވެ.

މުޒާހަރާތައް ފެށީ މިދިޔަ އަންގާރަ ދުވަހު އިރާގުގެ ވެރިކަން ކުރާ ބަގުދާދުގައި ނަމަވެސް މުޒާހަރާތައް މިހާރު ވަނީ ދެކުނު އިރާގުގެ ސަރަހައްދުތަކަށް ފެތުރިފަ އެވެ.

ކަމާ ބެހޭ ފަރާތްތަކުން މުޒާހަރާ ހުއްޓުމަކަށް ގެނައުމަށް އާންމުން ބޭރު ތެރެއަށް ނިކުމެ އުޅެން ވަކި ގަޑިތަކެއް ވަނީ ހަމަޖައްސާފަ އެވެ. މީގެ އިތުރުން އިންޓަނެޓުގެ ވަސީލަތްތައް ވެސް މެދުކަނޑާލި އެވެ.
އިރާގު
ހިޔާލު