UFC 243 main card event dhiraagu TV in vaguthun dhahkanee
image
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ޔޫއެފްސީ 243 މެއިން ކާޑް އިވެންޓް ދިރާގު ޓީވީން ވަގުތުން ދައްކަނީ

އަލްޓިމޭޓް ފައިޓިން ޗެމްޕިއަންޝިޕް (ޔޫއެފްސީ) 243 މެއިން ކާޑް އިވެންޓް ދިރާގު ޓީވީން ވަގުތުން ދައްކަން ދިރާގުން ނިންމައިފި އެވެ.
ދިރާގުން މައުލޫމާތު ދިން ގޮތުގައި ޔޫއެފްސީ 243 މެއިން ކާޑް މެޗްތައް ދިރާގު ޓީވީ އަދި އެ އެޕްލިކޭޝަނުންނާއި ސޮނީ ޓެން ޓޫ އެޗްޑީ އާއި ސޮނީ ޓެން ތްރީ އެޗްޑީ އަދި ސޮނީ ސިކްސް އެޗްޑީ އިން ބެލެން ހުންނާނެ އެވެ.

މިއަދު ކުރިޔަށް ދިޔަ ފުރަތަމަ މެޗުގައި ކުޅެފައި ވަނީ އަލްޓިމޭޓް ފައިޓިން ޗެމްޕިއަންގެ ލަގަބު ދިފާއު ކުރުމަށް ނިކުންނަ ރޮބާޓް ވިޓިކާ އާއި ވަރުގަދަ ފައިޓަރު އިސްރާއިލް އަޑަސާނިޔާ އެވެ.ޔޫއެފްސީ ގެ އިވެންޓުތަކަކީ ދިވެހީންގެ ތެރޭގައި ވެސް މަގުބޫލުކަން ހޯދާފައިވާ މިކްސްޑް މާޝިއަލް އާޓްސް ހިމެނޭ ކުޅިވަރެކެވެ.

ތިންސަތޭކަ މިލިއަނަށް ވުރެ ގިނަ މީހުން ބަލާ އެ ކުޅިވަރުގައި ކޮންމެ އަހަރަކު ވެސް 40 އިވެންޓް ކުރިޔަށް ދެއެވެ.
ދިރާގު
ހިޔާލު