Dhonkeyo, varah fakkaa!
image
0 ކޮމެންޓް
 

ދޮންކެޔޮ، ވަރަށް ފައްކާ!

ދޮންކޭލަކީ، ފަސޭހަކަމާއެކު ލިބެން ހުންނަ، ވަރަށް ރަހަމީރު އޭގެ އެތައް ގިނަގުނަ ފައިދާއެއް އެކުލެވިގެންވާ އަޖައިބެއް ފަދަ މޭވާ އެކެވެ.
ދޮންކޭލުގެ އެކި ބާވަތްތައް ހިމެނޭއިރު އެކި މީހުންނަށް ކަމުދަނީ އެކި ކަހަލަ ދޮންކޭލެވެ.

ދޮންކޭލުގެ ފައިދާތަކަށް ބަލާއިރު ލޭމަދުވުމަށް ފަރުވާއަކަށްވުމާއި، ލޭގެ ޕްރެޝަރު އެއްވަރެއްގައި ހިފެހެއްޓުމަށް އެހީއަކަށް ވެސް ވެއެވެ. އަދި މީގެ އިތުރުން ދޮންކޭލަކީ ހަންގަނޑަށާއި އިސްތަށިގަނޑަށް ވެސް ފައިދާ ހުރި އެއްޗެކެވެ.
ދޮންކޭލަކީ، ގިނަ އަދަދަކަށް ފައިބަރު އެކުލެވިގެންވާ އެއްޗަކަށް ވުމުން، ހަޖަމުކުރުމުގެ ނިޒާމަށް ވެސް ފައިދާ ވެއެވެ. އެގޮތުން ބަނޑުހަރުވެގެން ދިމާވާ މައްސަލަތަކާއި، އެސިޑިޓީ ނުވަތަ ގޭސްވެގެން ދިމާވާ ބޭރަށް ހިންގުން ފަދަ ކަންކަމަށް ވެސް ލުޔަކަށް ވެއެވެ.

މީގެ އިތުރުން ދޮންކޭލަކީ ކާބޯހައިޑްރޭޓް ގިނަ ގުދުރަތީ އެއްޗަކަށް ވުމުން، އެއީ ހެނދުނުގެ ނާސްތާއަށް ބޭނުން ކުރަން އެންމެ އެކަށީގެންވާ އެކައްޗެވެ.

ފައިބަރު ގިނަ ކާނާއަކީ ހިތުގެ ބަލިތަކަށް އެހީތެރިވާ އެއްޗަކަށް ވުމުން ދޮންކެޔޮ ހިމެނެނީ، ހިތުގެ ބަލިތަކަށް ވެސް އެހީތެރިވެދޭ އެއްޗެއްގެ ގޮތުގައެވެ.

ދޮންކޭލަކީ 'ސުޕަ ފުޑް' އެއްގެ ގޮތަށް ބެލިފައި ވަނީ ދޮންކޭލުގައި ގިނަ އަދަދަކަށް ވިޓަމިން އަދި މިނަރަލް ހިމެނޭތީ އެވެ. އޭގެ ތެރޭގައި، ޕޮޓޭސިއަމް ހިމެނެ އެވެ. ޕޮޓޭސިއަމް އަކީ، ހިތުގެ ދުޅަހެޔޮ ކަމާއި ސިކުނޑީގެ ދުޅަހެޔޮ ކަމަށް އެހީތެރިވާ މާއްދާ އެކެވެ.

މީގެ އިތުރުން، ދޮންކޭލަކީ ގިނަ އަދަދެއްގެ އަޔަން ނުވަތަ ދަގަނޑުގެ ބައި އެކުލެވިގެންވާ އެއްޗަަކަށް ވާތީ ލޭމަދުވުމަށް ފަރުވާއަކަށް ވެއެވެ.

މިއީ މާބަނޑު އަންހެނުންނާއި ތުއްތު ކުދިންނަށް ދިނުމަށް ވެސް އެންމެ އެކަށީގެންވާ ކާނާ އެކެވެ. ރަހަމީރު، ފައިދާ ހުރި، ފަސޭހައިން ލިބެން ހުންނަ ދޮންކޭލަކީ އެހާ ފައްކާ އެއްޗަކަށް ވަނީ މި ސަބަބުތަކާ ހެދި އެވެ.
ހިޔާލު