September mahu emme bodu service charge eh vommuli resortun
image
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ސެޕްޓެމްބަރު މަހު އެންމެ ބޮޑު ސާވިސް ޗާޖެއް ވޮއްމުލި ރިސޯޓުން

މިދިޔަ މަހު އެންމެ ގިނައިން ސާވިސް ޗާޖް ދިން ރިޒޯޓަކަށް ސެއިންޓް ރެޖިސް މޯލްޑިވްސް ވޮއްމުލި ރިޒޯޓް ވެއްޖެ އެވެ.
މުވައްޒަފުންނަށް ދޭ ސާވިސް ޗާޖު އާންމު ކުރާ "މޯލްޑިވްސް ސާވިސް ޗާޖް" ގައިވާ ގޮތުން ސެޕްޓެމްބަރު މަހު އެންމެ ގިނައިން ސާވިސް ޗާޖު ދީފައި ވަނީ ދ. އަތޮޅުގައި އޮންނަ ސެއިންޓް ރެޖިސް މޯލްޑިވްސް ވޮއްމުލި ރިޒޯޓުންނެވެ. އެ ރިޒޯޓުން ސާވިސް ޗާޖުގެ ގޮތުގައި 621.93 ޑޮލަރު ދީފައި ވެއެވެ.

ސެޕްޓެމްބަރު މަހު ދެވަނަ އަށް އެންމެ ބޮޑު ސާވިސް ޗާޖެއް ދީފައި ވަނީ ވެލިގަނޑު އައިލެންޑް ރިޒޯޓުންނެވެ. އެ ރިޒޯޓުން ވަނީ ކޮންމެ މުވައްޒަފަކަށް ސާވިސް ޗާޖުގެ ގޮތުގައި 620.00 ޑޮލަރު ދީފަ އެވެ.

އެ ލިސްޓުގެ ތިންވަނައިގައި އޮތީ އަނަންތަރާ ކިހާވަށް ވިލާސް އެވެ. އެއީ 609 ޑޮލަރެވެ.

ސެމްޓެމްބަރު މަހު އެންމެ މަދުން ސާވިސް ޗާޖް ދީފައި ވަނީ އީކުއޭޓާ ވިލޭޖް އިންނެވެ. އެ ރިޒޯޓުން ސާވިސް ޗާޖުގެ ގޮތުގައި ދީފައި ވަނީ 175 ޑޮލަރެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު އޮގަސްޓް މަހަށް ވުރެ ސެޕްޓެމްބްރު މަހުގައި ސާވިސް ޗާޖުގެ ގޮތުގައި ދީފައިވާ މިންވަރު މި ވަނީ ދަށަށް ގޮސްފަ އެވެ.
ހިޔާލު