MDN ge report aa gulhigen Majileejah kuhli mahsala eh
image
މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން-
1 ކޮމެންޓް
 

އެމްޑީއެންގެ ރިޕޯޓާ ގުޅިގެން މަޖިލީހުގައި ކުއްލި މައްސަލައެއް

އިސްލާމު ދީނަށް ފުރައްސާރަކޮށް ވާހަކަތަކެއް ލިޔެ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓު މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
އެ މައްސަލަ ހުށަހަޅުއްވާފައި ވަނީ ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ. އެ މައްސަލަ މިއަދުގެ މަޖިލީހުގެ ޖަލްސާގައި ބަލައިގަނެ މެމްބަރުން މިހާރު އަންނަނީ ބަހުސް ކުރަމުންނެވެ.

މައްސަލަ ހުށަހަޅުއްވަމުން މެމްބަރު ނަޝީދު ވިދާޅުވީ މާތްﷲގެ ކުޅަދުންވަންތަކާއި އެކަލާނގެ ވަހީ ބަސްފުޅުތަކުގެ އިތުރުން ގުރުއާނުން ސާބިތުވެފައިވާ ކަންކަމަށް އެ ރިޕޯޓުގައި ސުވާލު އުފައްދާފައިވާ ކަމަށާއި އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ވެސް ނުރުހުން ފާޅުކުރަމުންނެވެ. އޭގެ ތެރޭގައި ދީނީ އިލްމުވެރިން ވެސް ހިމެނިވަޑައިގަންނަވާއިރު އެ ބޭފުޅުން ވެސް އަންނަނީ އެ ޖަމިއްޔާ އުވާލުމަށް ގޮވާލަމުންނެވެ.

ރިޕޯޓު ގެނެވިފައިވާ ގޮތުން އެމްޑީއެނުން މައާފަށް އެދި ނޫސް ބަޔާނެއް ނެރެފައިވާއިރު އެ ނޫސްބަޔާނުގައި ވަނީ މިހާރު އެ ޖަމިއްޔާގެ ވެބްސައިޓުން އެ ލިޔުން ނަގާފައިވާ ކަމަށާއި އެގޮތަށް ލިޔުން ނެގީ ދީނީ އިލްމުވެރިއެއްގެ އެހީގައި ރިޕޯޓު ލިޔުން ކަމަށް ވެސް ބުންޏެވެ.

އެ މައްސަލަ ބަލައިދިނުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ފުލުހުންނަށް ވެސް އަންގާފައެވެ.
ހިޔާލު

އިކްރާމް އަބްދުއް ސައްތާރު

މި ކަހަލަ ދީނާއި ދެކޮޅު މީހުން ދެވަނަފަހަރަށް މަޖިލީހަށް ނުހޮވަންވީ.. އޭރުން އިގޭނެ ދޯ ރައިޔަތުން ބޭނުންވާ ކަންކަން ނުކުރާމީހުން ނަށް މި މަޖިލީހުގައި ނުތިބެވޭނެކަން...މިއީ ގާނޫނު އަސާސީއާއި އެއްގޮތަށް ގާނޫނު ހަދަން ހޮވާ ބަޔެއް.. އިސްލާމީ ޝަރީއަތާއި ފުށޫއަރާ ކޮންމެ ކަމެއް ހުއްޓުވަންޖެހޭ..! އެކަން ނުވާނަމަ..

"ނޯ ސެކަންޑް ޗާންސް" އޭ ބުނަން ކެރެންވާނެ... އެންޓީ އިސްލާމިކް މެމްބަރުންނަށް