Dhon ayya kaivenikoffi
image
ދޮން އައްޔަ ކައިވެނިކޮށްފި---
0 ކޮމެންޓް
 

ދޮން އައްޔަ ކައިވެނިކޮށްފި

ދިވެހި ފިލްމު އިންޑަސްޓްރީގައި ވިދަމުން އަންނަ އެކްޓަރު އަލީ އާޒިމް (ދޮން އައްޔަ) ކައިވެނިކޮށްފިއެވެ.
އެނގިފައިވާ ގޮތުގައި ދޮން އައްޔަ ކައިވެނިކޮށްފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ހައްވާ ޖީނާ އާ، އިއްޔެ މެންދުރު ފަހުގެ ވަގުތެއްގަ އެވެ.

ދޮން އައްޔަ ވަނީ އޭނާއާ ކައިވެނިކޮށް ދެމީހުން އެކީގައި ނަގާފައިވާ ފޮޓޯތައް ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާކޮށްފައެވެ. ގިނަ ބަޔަކު ދޮން އައްޔަ އަށް މަރުހަބާ ކިޔަމުން އަންނައިރު މިއީ އޭނާގެ ދެވަނަ ކައިވެންޏެވެ.

ދޮން އައްޔަ އެންމެ ފަހުން ފެނިގެންދިޔައީ ފިލްމު "ލީނާ" އިންނެވެ. އެފިލްމުގައި އެނާ ފެނިގެންދިޔައީ ލީޑު ރޯލުންނެވެ. ދޮން އައްޔަ ކުޅެފައިވާ ބައެއް ފިލްމުތަކުގެ ތެރޭގައި "ދައުވަތު" އާއި "ބޮސް" އާއި "ހައްދު" އަދި "ފޯޓީ ޕްލަސް" ހިމެނެއެވެ.
ހިޔާލު