Hinithunvumaa ekuge namugai MTCC in Campaign eh fashaifi
image
ހިނިތުންވުމާއެކު ކެމްޕެއިނު ފެށުމުގެ ތެރެއިން--
0 ކޮމެންޓް
 

ހިނިތުންވުމާއެކުގެ ނަމުގައި އެމްޓީސީސީން ކެމްޕެއިނެއް ފަށައިފި

މިމަހުގެ ހަތް ވަނަ ދުވަހުން ފެށިގެން 11 ވަނަ ދުވަހުގެ ނިޔަލަށް ފާހަގަކުރާ ދުނިޔޭގެ ކަސްޓަމާ ސާވިސް ހަފުތާއާ ގުޅުވައިގެން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން "ހިނިތުންވުމާއެކު" ގެ ނަމުގައި ކެމްޕެއިނެއް ފަށައިފި އެވެ.
އެމްޓީސީސީން ބުނީ އެ ކެމްޕެއިނުގެ މަގުސަދަކީ ކުންފުނީގެ މުވައްޒަފުންގެ މެދުގައި ކަސްޓަމާ ސާވިސްގެ މުހިއްމުކަމާ މެދު ހޭލުންތެރިކަން އިތުރުކުރުމާއި އެކުންފުނިން ހިދުމަތް ލިބިގަންނަ ކަސްޓަމަރުންގެ ތަޖުރިބާ ވެސް މިހާރަށްވުރެ ރަނގަޅުކުރުން ކަމަށެވެ.

އެ ކެމްޕެއިން އިފްތިތާހު ކޮށްދެއްވީ އެ ކުންފުނީގެ ޗީޕް އެގްޒެކްޓިވް އޮފިސަރު ހަސަން ޝާހެވެ. ކެމްޕެއިން ފައްޓަވައިދެއްވާ ޝާހު ވިދާޅުވީ އެކުންފުންޏަކީ ގައުމުގެ ތަފާތު އެކި ސިނާއަތްތަކުގައި ގިނަ ރައްޔިތުންތަކަކަށް ސީދާ ގޮތުން ހިދުމަތް ދެމުން ގެންދާ ކުންފުންޏެއް ކަމަށާއި ރައްޔިތުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަކީ ކުންފުނީގެ އަމާޒު ކަމަށެވެ.

އޭގެ އިތުރުން އެކުންފުނިން ކަސްޓަމަރުންނަށް ރަނގަޅު ހިދުމަތެއް ދިނުމަށް އަބަދުވެސް މަސައްކަތް ކުރާ ކަމަށާއި މި ކެމްޕެއިނުގެ ސަބަބުން ވެސް އެކަންކަން އިތުރަށް ހަރުދަނާ ކުރުމަށް އެހީއަކަށް ވެގެންދާނެ ކަމަށް ވެސް ޝާހު ވިދާޅުވި އެވެ.

އެމްޓީސީސީން ބުނި ގޮތުގައި އެ ކެމްޕެއިން ފެށުމުގެ ގޮތުން މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކުންފުނީގެ ކަސްޓަމަރުންނަށް ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ އެވެ.
އެމްޓީސީސީ ވިޔަފާރި
ހިޔާލު