3 Mas fahun Information Commission ah ayyan kuraa beyfulhunnai Interview koffi
image
މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ / މަޖިލިސް
0 ކޮމެންޓް
 

ގާނޫނީ ހުސްކަމެއްގައި އޮތް އިންފޮމޭޝަން ކޮމިޝަނަރަށް އައްޔަން ކުރަން ފޮނުވި ބޭފުޅުންނާއި އިންޓަވިއު ކޮށްފި

އިންފޮމޭޝަން ކޮމިޝަނަރަކު އައްޔަންކުރަން ގާނޫނުގައި ބުނާ މުއްދަތު ހަމަވެ، އެ މުއައްސަސާ އަށް ގާނޫނީ ހުސްކަމެއް އައިސްފައި ވަނިކޮށް އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ދެ ބޭފުޅުންނާއި މިއަދު އިންޓަވިއު ކުރައްވައިފިއެވެ.
ގާނޫނުގައި އޮންނަ ގޮތުން، އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމް ހުސްވާތާ ލަސްވެގެން 60 ދުވަހުގެ ތެރޭގައި އެ މަގާމަށް މީހަކު އައްޔަން ކުރަންޖެހެއެވެ. އެމަގާމުގައި ހުންނެވި އަބްދުލް އަޒީޒު ޖަމާލް އަބޫބަކުރުގެ ދައުރު ހަމަވެ، އެ މަގާމު ހުސްވެފައި ވަނީ މިދިޔަ ޖުލައި މަހުގެ 22ވަނަ ދުވަހުއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މަޖިލީހަށް އެ ކޮމިޝަނަށް އައްޔަން ކުރެއްވުމަށް ފޮނުއްވީ ހަތަރު ބޭފުޅުންގެ ނަމެވެ. އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ކުރިމަތިލީ ބޭފުޅުންނާ މެދު އާއްމުންގެ ހިޔާލު ހޯދަން ރައްޔިތުންގެ މަޖިލީހުން މިދިޔަ މަހުގެ ތެރޭގައި ހުޅުވާލި ނަމަވެސް މަޖިލިސް ޗުއްޓީއަށް ދިޔައީ ވެސް އެ މަސައްކަތް ނިންމާ ނުލައެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު ހުސްވެފައި އޮންނަތާ ތިންމަހަށްވުރެ ގިނަ ދުވަސް ވީއެވެ.

ރައީސުލްޖުމްހޫރިއްޔާ އިސްކަން ދެއްވި ތަރުތީބު:

1- ހުސެއިން ފިޔާޒް މޫސާ، އަތަމާގެ ތ. ވިލުފުށި
2- އަހުމަދު ފަޔާޒް ހަސަން، މ. ހަޒާރީވިލާ
3- އަހުމަދު އާހިދު ރަޝީދު، ހ. ގުރުވަ
4- ފާތުމަތު ސައުޝަން، މ. ވެންކޫވަ

މި ބޭފުޅުންނާއި މިއަދު މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީން ވަނީ އިންޓަވިއު ކުރައްވާފައެވެ. އިންޓަވިއު ކުރިއަށް ގެންދެވިއިރު ކޮމެޓީން ވަނީ މި ބޭފުޅުންނާއި ގުޅޭ ގޮތުން އާއްމުންގެ ހިޔާލުވެސް ހޯދާފައެވެ.

ޓީވީން ލައިވްކޮށް ކުރިއަށް ގެންދިޔަ އިންޓަވިއުގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ދެވަނައަށް ނަން ފޮނުއްވި ފަޔާޒު ވިދާޅުވީ އޭނާ އަކީ މިހާތަނަށް ދައުލަތުގެ އެކި މަގާމުތައް ފުރުއްވާފައިވާ ބޭފުޅެއް ކަމަށެވެ. އަދި ދުވަހަކުވެސް އެމަނިކުފާނުގެ ނަޒާހާތްތެރިކަން ގުރުބާން ކުރުމަށްފަހު ފައިދާތަކެއް ހޯދާފައި ނުވާނެ ކަމަށް ފަޔާޒު ވިދާޅުވިއވެެ.

ރައީސް ސޯލިހުގެ ލިސްޓުގެ އެންމެ ކުރީގައި އޮތް ފިޔާޒު ވިދާޅުވީ އޭނާގެ މަސައްކަތަކަށް ވާނީ ރައްޔިތުންނަށް ވީހާވެސް އަވަހަށް މައުލޫމާތު ލިބޭނެ ގޮތް ހެދުން ކަމަށެވެ. އަދި އޭނާ ސިއްރު ކުރަންޖެހޭ އެއްވެސް އެއްޗެއް އޮންނާނެ ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށް ފިޔާޒު ވިދާޅުވިއެވެ.

އިންފޮމޭޝަން ކޮމިޝަނަރަކީ މީގެ ފަސް އަހަރު ކުރިން ފާސްކުރި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ މަގާމެކެވެ.
ހިޔާލު