Nukulhedhuntherikan hunna 60 faraathakah BML in wheelchair hadhiyaa koffi
image
ބީއެމްއެލް އިން ވަނީ 60 ފަރާތަކަށް ވީލްޗެއާ ހަދިޔާކޮށްފައި-- ފޮޓޯ: ބީއެމްއެލް
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ނުކުޅުދުންތެރިކަން ހުންނަ 60 ފަރާތަކަށް ބީއެމްއެލެއިން ވީލްޗެއާ ހަދިޔާކޮށްފި

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ 60 ފަރާތްތަކަށް މިއަހަރުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މޮޓޮރައިޒްޑް ވީލްޗެއާ ހަދިޔާކޮށްފި އެވެ.
ވީލް ޗެއާ ހަދިޔާ ކުރުމުގެ ޕްރޮގްރާމާއި ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ ވީލްޗެއާގެ ސަބަބުން ގިނަ ބައެއްގެ ދިރިއުޅުމަށް ބަދަލުތަކެއް ގެނެސްދެވިފައިވާ ކަމީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

"ބޭންކުން މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަބަދު ވެސް ވަރަށް ބޮޑު އަހަމިއްޔަތު ކަމެއް ދެން. މިފަދަ ހާއްސަ މޮޓޮރައިޒްޑް ވީލްޗެއާ ލިބުމުގެ ސަބަބުން ގިނަ ބައެއްގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދެވިފައިވާ ކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" ޓިމް ސޯޔާ ވިދާޅުވި އެވެ.

ދެހާސް ސަތާރަވަނަ އަހަރު ފެށި ބީއެމްއެލްގެ "އަަހަރެންގެ ބޭންކް" ޕްރޮގްރާމުން ވަނީ ދިރިއުޅުމުގައި ހިނގާ ބިނގާވެ އުޅުމަށް ދަތި، ނުކުޅެދުންތެރިކަން ހުންނަ 76 ފަރާތަކަށް މޮޓްރައިޒްޑް ވީލްޗެއާ ހަދިޔާކޮށްފަ އެވެ.

މުޖުތަމައުއަށް އެހީތެރިވުމަށް ހިންގާ ޕްރޮގްރާމް މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތައުލީމާއި ކުޅިވަރާއި އަދި ތިމާވެށީގެ ހަރަކާތްތަކުގެ އިތުރުން ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ހިންގާ ހަރަކާތްތަކަށް ބީއެމްއެލް އިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ބީއެމްއެލް
ހިޔާލު