Dhariaku varah beynunvey: Priyanka
image
ޕްރިޔަންކާ އާއި އޭނާގެ ފިރިމީހާ--
1 ކޮމެންޓް
 

ދަރިއަކު ވަރަށް ބޭނުންވޭ: ޕްރިޔަންކާ

ދަރިއަކު ހޯދަން ވަރަށް ބޭނުންވާ ކަމަށް މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ ބުނެފިއެވެ.
އުމުރުން 37 އަހަރުގެ ޕްރިޔަންކާ ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު ހޮލީވުޑުގެ ލަވަކިޔުންތެރިޔާ އަދި އެކްޓަރު ނިކް ޖޯނަސްއާ ކައިވެނި ކޮށްފައެވެ. އެމީހުންގެ ކައިވެންޏަށް އަހަރެއްވާން ގާތްވެފައިވަނިކޮށް ޕްރިޔަންކާ މިވަނީ ދަރިއަކު ހޯދައި މަޔެއްގެ ތަޖުރިބާ ކުރަން ބޭނުންވާ ކަމަށް ބުނެފައެވެ.

ޕްރިޔަންކާ ބުނި ގޮތުގައި އެކަމާ ވަރަށް ސީރިއަސްކޮށް ނިކް ވެސް ދަނީ ވިސްނަމުންނެވެ.

އެންމެ ފަހުން ބޮލީވުޑުން ޕްރިޔަންކާ ފެނުނީ 2015 ވަނަ އަހަރު ނެރުނު ފިލްމު "ބާޖިރާއޯ މަސްތާނީ" އިންނެވެ. އެފިލްމަށް ފަހު ވޭތުވެދިޔަ ތިން އަހަރެއްހާ ދުވަހު އޭނާ އުޅުނީ ހޮލީވުޑުގެ މަސައްކަތްތަކުގައި އަވަދި ނެތިއެވެ.

އެކަމަކު ތިން އަހަރަށް ފަހު އޭނާ ބޮލީވުޑުން ވަަރަށް އަވަހަށް ފެނިގެންދާނެ އެވެ. އެއީ ސޮނާލީ ބޯސް ޑައިރެކްޓްކުރާ ފިލްމު، "ދަ ސްކައި އިޒް ޕިންކް" އެވެ. އެފިލްމު ނެރޭނީ މިމަހުގެ 11 ގަ އެވެ.
ހިޔާލު

އަތޮޅޭ

މަވެސް ބޭނުންކަމެއް ތިޔައީ. އެކަމަކު މަ ބޭނުމީ އަހަރެން ޕްރިޔަންކާއަށް ދަރިއެއް. މިބުނީ އަހަންނާ ޕްރިޔަންކާގެ ދަރިއެއް. އޭރުން ވަރަށް ލޯބި ދަރިއަކަށްވާނެ. މިއީ އަދިވެސް ދެކޭ ހުވަފެނެއް