Majileehuge committee inn February 7 ge massala balanee
image
ފެބްރުއަރީ 7 2012 ގައި ސިފައިންގެ މައި މަރުކަޒު ބޭރުގައި މުހައްމަދު ނާޒިމް އަދި އަބްދުﷲ ރިޔާޒް-- ފޮޓޯ: މިނިވަން ނިއުސް
0 ކޮމެންޓް
 

މަޖިލީހުގެ ކޮމިޓީން ފެބްރުއަރީ 7 ގެ މައްސަލަ ބަލަނީ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން 2012 ވަނަ އަހަރު ބަދަލުވި އިރު ހިނގި ކަންކަމުގައި އެންމެ އިސްކޮށް އުޅުނު ފަރާތްތަކުގެ މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން މިއަދު އެޖެންޑާކޮށްފި އެވެ.
އެ ކޮމިޓީން މައްސަލަ ބަލަން ނިންމީ ލިބުނު ސިޓީއަކާ ގުޅިގެންނެވެ. އެކަމަކު އެ ސިޓީ ފޮނުވި ފަރާތެއް އާއްމުކޮށްފައެއް ނުވެ އެވެ. އެ ކޮމިޓީން ބަލަން ނިންމާފައި ވަނީ މިހާރު މަޖިލީހުގެ ރައީސްކަން ކުރައްވާ، ކުރީގެ ރައީސް ނަޝީދުގެ ވެރިކަން 7 ފެބްރުއަރީ 2012 ގައި ބަދަލުވިއިރު، ހިނގި ކަމްކަމުގައި އިސްކޮށް އުޅުނު މީހުންގެ މައްސަލަ އެވެ.

އެ މައްސަލަ ބެލުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުމެއް މިއަދު އޮންނާނެކަން މެމްބަރުންނަށް ވަނީ އަންގާފަ އެވެ.

ރައީސް ނަޝީދުގެ ވެރިކަން ބަދަލުވިއިރު ހިނގި ކަންކަމުގެ ފަހަތުގައި ހިމެނޭ ބައެއް އިސް ފަރާތްތަކަކީ މިހާރު ސަރުކާރުގެ މިނިސްޓަރުންނާއި މަޖިލީހުގެ މެމްބަރުންނެވެ.

އެގޮތުން ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމަކީ މިހާރު ދަނގެތި ދާއިރާގެ މެމްބަރެވެ. އަދި ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީގެ މެމްބަރެކެވެ. އެ ދުވަސް އިސްކޮށް އުޅުއްވި ގާސިމް އިބްރާހިމަކީ މާމިގިލި ދާއިރާގެ މެމްބަރެވެ. ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒަކީ ތިމަރަފުށި ދާއިރާގެ މެމްބަރެވެ. އަދި ޝެއިހް އިމްރާން އަބްދުﷲ އަކީ މިހާރު ހޯމް މިނިސްޓަރެވެ.
މަޖިލިސް
ހިޔާލު