Aharakah fahu Myla eynage bappa aa eku 2 vana video ga
image
މައިލާ އާއި އޭނާގެ ބައްޕަ ޖަސްޓިން--
0 ކޮމެންޓް
 

އަހަރަކަށް ފަހު މައިލާ އޭނާގެ ބައްޕަ އާއެކު ދެވަނަ ވީޑިއޯގައި

މިދިޔަ އަހަރު އޮކްޓޯބަރު މަހުގައި އެންމެ ގިނަ ބައެއްގެ ސަމާލު ކަމަށް އައީ ކުޑަ ކުއްޖަކު ބައްޕައާއެކު "ގާލްސް ލައިކް ޔޫ" ކީ ވީޑިއޯ އަކަށެވެ. މައިލާ ނަމަކަށް ކިޔާ އެ ކުޑަ ކުއްޖާ ބައްޕަ، ޖަސްޓިން ވެސަން އާއެކު އެ ވީޑިއޯގައި ފެނިގެން ދިޔަ އިރު އެ ވީޑިއޯ ނަގާފައި ވަނީ މައިލާގެ މަންމަ އެވެ.
ގިނަ ބަޔަކަށް އެ ވީޑިއޯ ކަމުގޮސްފައި ވާއިރު އެއީ ބައްޕަ އާއި ދަރިފުޅުގެ "ގޯލްސް" ކަމަށް ގިނަ ބަޔަކު ވަނީ ބުނެފަ އެވެ. ސޯޝަލް މީޑިއާގައި އެ ވީޑިއޯ ދައުރުވަމުން ދިޔައިރު އެ ދުވަސްކޮޅު ގިނަ ބަޔަކު ވަނީ އެ ވީޑިއޯ ކޮޕީ ވެސް ކޮށްފަ އެވެ.


މައިލާގެ މަންމަ ޓްރިނާ މިދިޔަ ހޮނިހިރު ދުވަހު އަނެއްކާ ވެސް ސޯޝަލް މީޑިއާއަށް މައިލާ އާއި އޭނާގެ ބައްޕަ ޖަސްޓިންގެ އާ ވީޑިއޯއެއް ހިއްސާކޮށްފައި ވާއިރު ޓްރިނާ ބުނީ މީގެ އަހަރެއް ކުރިން އެއްވެސް ވަރަކަށް ނުވިސްނާ ވީޑިއޯއެއް ހިއްސާކުރި ކަމަށެވެ.

އެގޮތުން އެ ވީޑިއޯ 100 މިލިއަނަށް ވުރެ ގިނަ މީހުން ބަލާފައި ވާއިރު 1000 ވުރެ ގިނަ މީހުންގެ ފަރާތުން އެ ވީޑިއޯއަށް ޕޮސިޓިވް ކޮމެންޓު ލިބިފައިވާ ކަމަށެވެ. އަދި އެ ވީޑިއޯ ގިނަ ބަޔަކަށް ކަމުގޮސްފައި ވާތީ އޭގެ ދެވަނަ ވީޑިއޯ އެއް ހަދާފައިވާ ކަމަށެވެ.ގިނަ ބަޔަކަށް މައިލާ އާއި ޖަސްޓިންގެ އާ ވީޑިއޯ ކަމުގޮސްފައި ވާއިރު އޭގެ ތިންވަނަ ވީޑިއޯ އެއް ވެސް އަންނާނެ ކަމަށް އުންމީދު ކުރާ ކަމަށް ގިނަ ބަޔަކު ވަނީ ބުނެފަ އެވެ.
ހިޔާލު