Scientist eh kamah bune olhuvaalaigen Kaiveni kuri meehaku falhaa araifi
image
0 ކޮމެންޓް
 

ސައިންޓިސްޓެއް ކަމަށް ބުނެ އޮޅުވާލައިގެން ކައިވެނި ކުރި މީހަކު ފަޅާއަރައިފި

އޮޅުވާލައިގެން މީހުންނާއި ކައިވެނި ކުރުމުގެ މައްސަލަތަކަކީ އިންޑިއާގައި ބޮޑު މައްސަލައެކެވެ. އެކަމަކު ކައިވެންޏެއް ކުރުމުގެ ކުރިން ކައިވެނި ކުރަނީ ކާކާތޯ ނުވަތަ އެއީ ކޮން ކަހަލަ މީހެއްތޯ އަދި އެމީހާގެ އާއިލާއަކީ ކީއްކުރާ ކޮންބައެއް ތޯ އެނގުމަކީ މުހިއްމު ކަމެކެވެ.
ދާދި ފަހުން ހަބަރުތަކުގެ ފަލަ ސުރުހީއަށް އެރި ވާހަކައަކީ އިންޑިއާގެ ފިރިހެނަކު އޭނާއަކީ ސައިންޓިސްޓެއް ކަމަށް ބުނެ ޕީއެޗްޑީއަށް ކިޔަވައިގެން ހުރި އަންހެން ކުއްޖަކަށް އޮޅުވާލި މައްސަލަ އެވެ. ކައިވެނި ކުރުމަށް ފަހު ނާސާ މިޝަންއަކަށް ދިއުމަށް ކަމަށް ބުނެ ފަހުން އޭނާގެ ހަބަރެއް ނުވެ އެވެ.

އެކަމަކު އެކަން ވެސް ފަޅާއެރީ އެވެ. ފޭކު ލިޔެކިޔުންތަކެއް ދައްކައިގެން އެމީހާއަށް އޮޅުވާލިއިރު އެމީހާގެ ހަގީގަތް އެނގުނު އިރު އޭނާއަކީ ވަޒީފާއެއް އަދާ ކުރާ މީހެއް ނޫނެވެ. އަދި އެ އަންހެން ކުއްޖާއާ ކައިވެނި ކުރުމުގެ ކުރިން ވެސް އޭނާ އުޅުނީ މީހަކާ އިނދެގެންނެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި ކައިވެންޏަށް ފަހު ފިރިހެން މީހާ ވަނީ ނާސާއިން ޓްރެއިން ވުމަށް ކަމަށް ބުނެ އިނގިރޭސިވިލާތަށް ދާން އުޅޭ ކަމަށް ބުނެފަ އެވެ. އެކަމަކު އަންހެން މީހާއަށް ޝައްކު އުފެދި ޝެއާކޮށްފައިވާ ނެޓްފްލިކްސް އެކައުންޓެއް މެދުވެރިކޮށް އޭނާގެ ލޮކޭޝަން ބެލިއިރު އެމީހާ ވަނީ އިންޑިއާގެ ސިޓީއެއް ކަމަށްވާ ގުރުގްރާމުން ލޮގްއިން ވެފައެވެ. އެކަމަކު އެއީ އޭނާ ބެންގަލޫރުގައި ހުންނަން ޖެހޭ ވަގުތެއް ކަމުން އަންހެން މީހާއަށް އެކަން ފަޅާއެރީ އެވެ.

ފުލުހުން އެ މައްސަލަ ބަލަމުން އަންނައިރު އެމީހާ އާއި އޭނާގެ އާއިލާ ވެސް ވަނީ ފިލާފަ އެވެ.
އިންޑިއާ
ހިޔާލު