Kudhinnah brocolli kaan dhinumah mi recipe varah fakkaa!
image
0 ކޮމެންޓް
 

ކުދިންނަށް "ބްރޮކޮލީ" ކާން ދިނުމަށް މި ރެސިޕީ ވަރަށް ފައްކާ!

ބްރޮކޮލީއަކީ ވަރަށް ސިއްހަތަށް ފައިދާ ހުރި ތަރުކާރީއަކަށްވީ ނަމަވެސް އޭގެ ރަހައަކީ ގިނަ ކުދިންނަށް އެހާ ކަމުދާ ރަހައެއް ނޫނެވެ. ބްރޮކޮލީ ނުކާން އުޅޭނަމަ މިކަހަލަ ގޮތަކަށް ތައްޔާރުކޮށްފައި ދެވިދާނެ އެވެ. މިއީ ގިނަ ކުޑަ ކުދިންނަށް ވަރަށް ކަމުދާނެ ރެސިޕީ އެކެވެ.
ބްރޮކޮލީ ޗީޒް ޕާސްތާ

ބޭނުންވާނެ ތަކެތި:

އެއްޖޯޑު ޕާސްތާ (މެކެރޯނީ) ކައްކާ މަޑުކޮށްފައި
ބައިޖޯޑު ޗެޑަ ޗީޒް ގާނާފައި
ބައިޖޯޑު ބްރޮކޮލީ ކުދިކޮށް ކޮށާފައި، ކުޑަ ފެންފޮދެއްގައި ކައްކާ މަޑުކޮށްފައި
ލޮނު
އަސޭމިރުސް
1 ލޮނުމެދު
1 ސަމްސާ އޮލިވްއޮއިލް

ހަދާނެ ގޮތް:

ލޮނުމެދު ޗަސްކޮށްލުމަށް ފަހު ކައްކަން ބޭނުން ކުރާ ތެއްޔަށް ވައްޓާލާށެވެ. އޮލިވްއޮއިލް އަޅައިގެން މަޑުގިނީގައި ލޮނުމެދުކޮޅު ކުޑަކޮށް މުށިކުލައަށް ބަދަލުވަންދެން މީރުކޮށްލާށެވެ. ޕާސްތާ އާއި ބްރޮކޮލީ އަޅާފައި ހުރިހާ އެއްޗެއް އެއްކޮށްލާނީ އެވެ. ޗީޒް ތަށީގެ ތިންބައިކުޅަ އެއްބައި އެއާއި އެއްކޮށްލާށެވެ. ލޮނު، އަސޭމިރުސް އަޅަން ބޭނުން ނަމަ ރަހަ ބަހައްޓަން ބޭނުން މިންވަރަށް ލޮނާއި އަސޭމިރުސް އަޅާނީ އެވެ. ޗީޒް ރަނގަޅަށް މެލްޓްވެ، ޕާސްތާތަކުގައި ހޭކި އެއްވީމާ، އެހެރީ ތައްޔާރު ކުރެވިފަ އެވެ. ތައްޓަށް އެޅުމަށް ފަހު ބާކީ ހުރި ޗީޒްކޮޅު މައްޗަށް ބުރުވާލާނީ އެވެ.
ހިޔާލު