Centarage resort eh ge bin hikkumah MTCC aa havalukoffi
image
ސެންޓަރާ ހޮޓެލްސް އެންޑް ރިސޯޓްސް އާއި އެމްޓީސީސީއާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައި-- ފޮޓޯ: މޯލްޑިވްސް އިންސައިޑާ
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ސެންޓަރާގެ ރިޒޯޓެއްގެ ބިން ހިއްކުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

ތައިލެންޑްގެ ކުންފުންޏެއް ކަމަށްވާ ސެންޓަރާ ހޮޓެލްސް އެންޑް ރިސޯޓްސް އިން ރާއްޖޭގައި ގާއިމްކުރާ ފަސްވަނަ ރިސޯޓުގެ ބިން ހިއްކުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފި އެވެ.
ތިން ރަށެއްގެ ފަޅު ހިއްކުމަށް ސޮއި ކޮށްފައިވާއިރު ސެންޓަރާގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ތިރަޔުތް ޗިރަތިވަޓް އެވެ. އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ ހަސަން ޝާހު އެވެ.

ޖުމްލަ 21 ހެކްޓަރުގެ ބިން ހިއްކުމަށް ނިންމާފައި ވާއިރު އައްސޭރިފަށް ރައްކާތެރި ކުރުމާއި ބްރޭކްވޯޓާގެ މަސައްކަތް ވެސް އޭގެ ތެރޭގައި ހިމެނެ އެވެ. އެ މަސައްކަތް 300 ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް ލަފާކުރެވެ އެވެ.

އެ ކުންފުނިން މިދިޔަ އަހަރު ނެރުނު ރިޕޯޓެއްގައި ވަނީ ރާއްޖެއިން 11.98 މިލިއަން ޑޮލަރަށް ފަޅެއް ކުއްޔަށް ހިފާފައިވާ ކަމަށާއި ފުރަތަމަ ފިޔަވަހީގައި 310 ކޮޓަރި އަޅާ ގޮތަށް މަތީ ފެންވަރުގެ ދެ ރިޒޯޓު އެތަނުގައި ގާއިމް ކުރަން ނިންމާފައިވާ ކަމަށެވެ. ރިޒޯޓު ހުންނަ ސަރަހައްދެއްގެ މައުލޫމާތެއް އަދި ހިއްސާކޮށްފައެއް ނުވެ އެވެ.

ދެހާސް ސަތާރަވަނަ އަހަރު ސެންޓާރާ އިން ވަނީ މުތާފުށި އޮރިއެންޓް އިންވެސްޓްމެންޓްސް ލިމިޓެޑާއެކު ބ. އަތޮޅުގައި ރިޒޯޓެއް ގާއިމް ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެ ރިޒޯޓު މިއަހަރު ހުޅުވިގެން ދާނެ ކަމަށް މައުލޫމާތު ލިބެ އެވެ.

ސެންޓާރާ އިން މިހާރު ވެސް ދަނީ ރާއްޖޭގައި ދެ ރިސޯޓު ހިންގަމުންނެވެ. މި މިއަހަރު މިހާތަނަށް ޖުމްލަ 20 ރިޒޯޓު ހުޅިވިގެން ގޮސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އެމްޓީސީސީ ރިސޯޓް
ހިޔާލު