STO aai IGMH aai gulhigen mental health workshop eh baavvaifi
image
ވޯކްޝޮޕްގެ ތެރެއިން-- ފޮޓޯ: އެސްޓީއޯ
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

އެސްޓީއޯ އާއި އައިޖީއެމްއެޗް އާއި ގުޅިގެން މެންޓަލް ހެލްތް ވޯކްޝޮޕެއް ބާއްވައިފި

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާއި އައިޖީއެމްއެޗް އާއި ގުޅިގެން މިއަދު މެންޓަލް އެވެއާނެސް ވޯކްޝޮޕް އެއް ބާއްވައިފިއެވެ.
"ދަ އަންފެތޮމެބަލް މައިންޑް އަންޑަސްޓޭންޑިން އޭޑީއެޗްޑީ" ގެ ނަމުގައި ބޭއްވި އެ ވޯކްޝޮޕަކީ ނަފްސާނީ ދުޅަހެޔޮކަމާއި ބެހޭގޮތުން ހޭލުންތެރިކުރުމުގެ ގޮތުން ބޭއްވި ވޯކްޝޮޕެކެވެ.

އައޖީއެމްއެޗްގެ މުވައްޒަފުންތަކެއް ބައިވެރިވި އެ ވޯކްޝޮޕްގައި ބައިވެރިންނަށް މައުލޫމާތު ދީފައިވަނީ ޔޫސީއެލްއޭ ޔުނިވާސިޓީގެ ބޭފުޅެއް ކަމަށްވާ ސައިދް ނަގްވީއެވެ.

ވޯކްޝޮޕްގައި އެ އޭޑީއެޗްޑީ އާއި ބެހޭގޮތުން ހޭލުންތެރިކޮށް ގިނަ މައުލޫމާތުތައް ބައިވެރިންނަށް ފޯރުކޮށްދީފައިވެއެވެ.

އޭޑީއެޗްޑީ އަކީ އާންމުކޮށް ކުޑަކުދިންނަށް ޖެހޭ ނަފްސާނީ ބައްޔެކެވެ. އެ ބަލީގެ ސަބަބުން ސިކުނޑީގެ ހެދިބޮޑުވުމަށް އަސަރުކޮށް ރުޅިގަދަވުމާއި ކަންތައްތަކަށް ދޭ ސަމާލުކަން ކުޑަ ވެގެންދެއެވެ.

އެފަދަ ކަންތައްތަކަށް މީހުން ހޭލުންތެރިކޮށް ސަމާލުކަން ހޯދުމަށްޓަކައި ވޯލްޑް މެންޓަލް ހެލްތް ޑޭ ކޮންމެ އަހަރަކު އޮކްޓޫބަރު މަހު 10 ވަނަ ދުވަހު ފާހަގަކުރެއެވެ.

ހިޔާލު