MMA muvahzafun alifaanaa medhu heyluntherikohffi
image
0 ކޮމެންޓް
 

އެމްއެމްއޭ ގެ މުވައްޒަފުންނަށް ފަޔަރ ސޭފްޓީ އެވެއަރނެސް ޕްރޮގްރާމެއް ހިންގައިފި

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް (އެފްއާރުއެސް) އިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ މުވައްޒަފުންނަށް ފަޔަރ ސޭފްޓީ އެވެއަރނެސް ޕްރޮގްރާމެއް ހިންގައިފިއެވެ.
ސިފައިން ބުނީ މިމަހުގެ 6 ވަނަ ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތައް އެމްއެމްއޭގައި ހިންގި މި ޕްރޮގްރާމުގައި އަލިފާނުގެ ހާދިސާތައް ހިނގަން މެދުވެރިވާ ސަބަބުތަކާއި އަލިފާނުގެ ހާދިސާއެއް ހިނގައިފި ނަމަ ޢަމަލު ކުރަންޖެހޭނެ ގޮތްތަކުގެ އިތުރުން އަލިފާނުގެ ހާދިސާއެއް ހިނގާފާނެކަމަށް ބަލައި ރައްކާތެރިވުމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތަކާ ގުޅޭ ގޮތުން ވަނީ މަޢުލޫމާތު ދީފައެވެ. މީގެ އިތުރުން އަލިފާން ނިއްވާ ބައެއް ސާމާނު ބޭނުންކުރާނެ ގޮތްތައް ޢަމަލީ ގޮތުން ވަނީ ދަސްކޮށްދީފައިވާކަމަށެވެ.

އެމްއެމްއޭގައި މަސައްކަތްކުރާ 149 މުވައްޒަފަކު ބައިވެރިވި މި ޕްރޮގްރާމުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ސިފައިންނެވެ.
ހިޔާލު