Emme kuda ujoora kandaelhumah beynunvaa dhiraasaathah kurumuge saavey fashanee
image
ވެމްކޯ މުވައްޒަފުން--
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށް ބޭނުންވާ ދިރާސާތައް ކުރުމަށް ސާވޭ ފަށަނީ

އެންމެ ކުޑަ އުޖޫރަ އެއް ކަނޑައެޅުމަށްޓަކައި ބޭނުންވާ ދިރާސާތައް ކުރުމަށް ރާއްޖޭގައި ހިންގާ ވިޔަފާރިތަކުގެ ސާވޭ އެއް މި މަހުގެ ތެރޭގައި ކުރިޔަށް ގެންދިޔުމަށް އިކޮނޮމިކް މިނިސްޓްރީން ނިންމައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ އެ ސާވޭ އަކީ ވިޔަފާރިތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދާއި އެ މުވައްޒަފުންނަށް ކުރެވޭ ހަރަދުތަކާއި މާލީ ހާލަތު ދެނެގަތުމަށް ކުރިޔަށް ގެންދާ ސާވޭ އެއް ކަމުގައެވެ.

އެ ސާވޭގައި ހިމެނޭ މައިގަނޑު ވިޔަފާރިތަކަކީ ޓޫރިޒަމް އާއި ކޮންސްޓްރަކްޝަން އާއި ހޯލްސޭލް އާއި ރީޓެއިލް އަދި ކެފޭ ރެސްޓޯރަންޓާއި ހޮޓާތަކުގެ އިތުރުން އެ ދާއިރާ އާއި ގުޅޭ ވިޔަފާރިތަކެވެ.

ސާވޭ ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ވިޔަފާރިތަކުގެ ޒިންމާދާރު ފަރާތްތަކާ ބައްދަލުކޮށް ބޭނުންވާ މައުލޫމާތުތައް އެއްކޮށްގެންނެވެ. އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ އެ މައުލޫމާތުތަކަކީ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގައި ވިޔަފާރިތަކުގެ މާލީ ހާލަތު އެންމެ ފުރިހަމަ އަށް ދެނެގަތުމަށް ވަރަށް މުހިންމު މައުލޫމާތުތަކެއް ކަމުގައެވެ.

އެހެންކަމުން ސާވޭގައި ބައިވެރިވާ ހުރިހާ ފަރާތްތަކުންވެސް ސާވޭ ކުރިޔަށް ގެންދިޔުމުގައި ރިޔަން ޕްރައިވެޓް ލިމިޓެޑުގެ ޓީމަށް އެއްބާރުލުން ދީ އެކަށީގެންވާ މައުލޫމާތު ފޯރުކޮށްދިނުމަށް މިނިސްޓްރީން އިލްތިމާސްކުރައްވައެވެ.

އެ ސާވޭގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށްޓަކައި އެންމެ ކުޑައުޖޫރަ ކަނޑައެޅުމުގެ މަސައްކަތް ކުރައްވާ ކޮމިޓީން ވަނީ އެ ސާވޭ ކުރިޔަށް ގެންދިޔުމަށް އިކޮނޮމިކް މިނިސްޓްރީއާއި ރިޔަން ޕްރައިވެޓް ލިމިޓެޑާއި މިމަހުގެ ހަ ވަނަ ދުވަހު ހަވާލުކޮށްފައެވެ.

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ނިމޭނެ ކަމަށް އުއްމީދު ކުރައްވާކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެފައި ވެއެވެ.

ހިޔާލު