West Park sarahahdhuga huri gaadiyaa thakuge saafuthaahirukan kuda: City council
/
image
މާލޭގަ ހިންގާ ގާޑިޔަލެއް ފޮޓޯ: ލިޔާ ކުއްޖާ
0 ކޮމެންޓް
 

ވެސްޓު ޕާކު ސަރަހައްދުގަ ހުރި ގާޑިޔާތައް ސާފުތާރިހުކަން ކުޑަކަމުން އެތަންތަން ހުސްކުރަން އަންގައި

ވެސްޓު ޕާކު ސަރަހައްދުގަ ހުރި ގާޑިޔާތައް ސާފުތާރިހުކަން ކުޑަކަމުން އެތަންތަން ހުސްކުރަން މާލޭ ސިޓީކައުންސިލް އިން އަންގައިފިއެވެ.
ސިޓީ ކައުންސިލުން ފޮނުވި ނޯޓިސްގައި ވަނީ މާދަމާގެ ނިޔަލަށް ގަޑިޔާތައް ނަގައި ސަރަޙައްދު ސާފުކުރާށެވެ. މީގެކުރިންވެސް އެތަން ހުސްކުރުމަށް ގާޑިޔާ ހިންގާފަރާތްތަކަށް ނޯޓިސް ދީފައިވާކަމަށެވެ.

"އެއީ ރަސްފާނައި ގުޅާލަން ބޭނުންވާ ސަރަހައްދެއް މީގެ ކުރިން ވެސް ވާނީ ނޯޓިސް ދީފަ، އެ ގާޑިޔާތަކަކީ ގިނަބަޔަކު ކެއިންބުއިމުގެ ހިދުމަތް ހޯދާ ތަންތަން ކަން އެޗްޕީއޭއިން ކުރިއަށްގެންދިޔަ ސާރވޭއަކުން، ވަނީ އެތަންތަންތަނުގެ ސާފުތާހިރުކަން ކުޑަކަން ފާހަގަވެފަ" ސިޓީ ކައުންސިލުން ބުންޏެވެ.

އެ ސަރަހައްދު ސާފު ނުކުރާނަމަ ކައުންސިލުން އެތަން ސާފުކޮށް ކުނި މެނޭޖުކުރުމުގެ ގަވައިދުގެ ތެރެއިން އެ ސަރަޙައްދުގައި ހުރި ތަކެތި ނައްތާލާނެއެވެ.ހިޔާލު